logoEN
Sto top
17 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަނީ

17 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަނީ

އަޙްމަދު ޖަމީލު

logo

1/14/2021, 10:03:50 AM

# ޖިންސީ ގޯނާ

rape

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެެއް ފުލުހުން ބަލަން ފަށައިފިއެވެ.

Wamco

ފުުލުހުން ވިދާޅުވީ ސެންޓަރަލް ޑިވިޝަން އަތޮޅުގެ ތެރޭގައި ހިމެނޭ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ ރޭ 20:30 ހާއިރު ކަމަށް ފުލުުހުން ވިދާޅުވިއެެވެ.

މި މައްސަލަ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޓީމެެއްވެސް ވަނީ އެރަށަށް ގޮސްފައެވެެ. އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާކަމެއް އަދި ފުލުހުން ހާމަކުރައްވަފައެއް ނުވެއެވެެ.

ޖިންސީ ގޯނާގެެ މައްސަލަތައް ރައްޖޭގައި މިހާރު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެެވެ. އަދި މިފަދަ މައްސަލަތަކުގައި އަނިޔާލިބޭ ފަރާތުގެެ އަބުރު ރައްކާތެރިކުރުމަށްޓަކާ އަތޮޅާއި ރަށް ފަދަ ވަނަވަރު އެނގިދާނެ އެެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside