logoEN
cocacola
ކަނޑުހުޅުދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ކަނޑުހުޅުދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

އަހުމަދު ޝުރާއު

logo

8/8/2022, 1:47:57 PM

# ކަނޑުހުޅުދޫ

kanduhulhudhoo-1024x587

ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާގެ ރަސްމީ ސިއްކަ (ލޯގޯ) ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ގޮސިޔާ

އެކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ލޯގޯ ފަރުމާކޮށް ހުށަހެޅުއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އޮގަސްޓް 2022 ވަނަ ދުވަހުގެ މެންދުރު 13:00 އަށް ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަނީ އެކުންސިލުން އެދިފައެވެ.

އެކައުންސިލުން ބުނެފައިވާ ގޮތުގައި ހުށައަޅާ ލޯގޯއާއި ދިދައަކީ މީގެ ކުރިން ޕަބްލިޝްކޮށްފައި ނުވަތަ އެއްވެސް މުބާރާތެއްގައި ބައިވެރިކޮށްފައިވާ ލޯގޯއަކަށް ވެގެން ނުވާނެ ކަމަށާއި ލޯގޯއިން ގއ.ކަނޑުހުޅުދޫ އަށް ހާއްސަ ސިފައެއް ރަމްޒުކޮށްދޭން ވާނެ އެވެ. އަދި ހުށައަޅާ ލޯގޯ އަކީ އުފެއްދުންތެރި އަމިއްލަވަންތަ ލޯގޯ އަކަށް ވުމުގެ އިތުރުން ލޯގޯގައި ބޭނުންކުރާނެ ކުލަތަށް ކަނޑައެޅުމުގެ އިހްތިޔާރު ވަނީ ލޯގޯ ފަރުމާ ކުރާ ފަރާތަށް ދީފައެވެ.

ހުށައަޅާ ލޯގޯ އަށް މާކްސް ދިނުމުގައި ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަންއަދި ޑިޒައިން އެލެމެންޑްސް ބޭނުންކުރެވިފައިވާ ގޮތް)، ގއ.ކަނޑުހުޅުދޫގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ބެލޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ހުށަހެޅޭ ލޯގޯ ތަކުގެ ތެރެއިން ކައުންސިލުން ފާސްކުރާ ލޯގޯ ކައުންސިލްގެ ރަސްމީ ލޯގޯއާއި ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވާތީ ލޯގޯއާއި ދިދައިގެ ފުރިހަމަ ކޮޕީރައިޓް ގއ. ކަނޑުހުޅުދޫ ކައުންސިލާއި ޙަވާލުކުރަން ޖެހޭނެކަންވެސް ކައުންސުލުން ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ