logoEN
cocacola
އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އިން މަތީގައި

އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އިން މަތީގައި

އައިޝަތު އިފާޝާ

logo

7/23/2022, 10:53:55 AM

# އަލަމްގިރް# އެއް ޖިންސުން ގުޅުން ހިންގުން

340986_3_9fee62b8a3f22e213139d0c775aa78ffdc7f114c_large

އެއްޖިންސުން ގުޅުން ހިންގައި އެމަންޒަރުތައް ވީޑިއޯކޮށް ގިނަ ބަޔަކު ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އަލަމްގިރު އެތައް ބަޔަކާއެކު ގުޅުން ހިންގާފައިވާ ކަން ހާމަވެއްޖެއެވެ.

ގޮސިޔާ

ކޮޓަރިއެއްގެ ތެރޭގައި އަލަމްގިރް އާއި އިތުރު އެހެން ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ލީކުކޮށްފައެވެ. އަދި އެވީޑިއޯތައް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރަމުންދާ މައްސަލައެއް މިދިޔަ މާރިޗު މަހުން ފެށިގެން ފުލުހުންގެ ސަމާލުކަމަށް އައިސް އެމައްސަލަ ބަލަމުންދާކަމަށް ފުލުހުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިމައްސަލައިގައި އަލަމްގިރި ހައްޔަރުކޮށް ފުލުހުން ތަހުގީގު ކުރަމުންދާއިރު، އަލަމްގިރި ގެ ފަރާތުން ފުލުހުންނަށް ގިނަ މައުލޫމާތުތަކެއް މިހާތަަނަށް ލިބިފައިވާ ކަމަށާއި، ތަހުގީގަށް އަލަމްގިރި ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަން ވަނީ އެނގިފައެވެ.

ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންވެސް އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާއިރު، އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށްވުރެ މައްޗަށް އަރާނެ ކަމުގެ އަޑުތަކެއް މިހާރުދަނީ ފެތުރެމުންނެވެ.

ފުލުހުން މިމައްސަލަ ބަލަމުންދާއިރު، އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގިކަން މިހާތަނަށް އެނގިފައިވާ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އޭގެ ތެރެއިން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ