logoEN
cocacola
!"ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް" މި އަހަރު ރާއްޖޭގައި

!"ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް" މި އަހަރު ރާއްޖޭގައި

# ސަޓާ އެވޯޑް# އުރީދޫ މޯލްޑިވްސް# ސަޓާ# ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް

SATA-672x428

ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ އެވޯޑް ދިނުމުގެ ހަފްލާ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

އަދާރަން ހުދުރަންފުށީގައި މިއަންނަ ސެޕްޓެމްބަރު 29 އަދި 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެވޯޑް ހަފްލާއަކީ ދެކުނު އޭޝިޔާގެ ގައުމުތަކުން ފަތުރުވެރިކަން އަދި އެނޫންވެސް ދާއިރާތަކުން މި އެވޯޑަށް ވާދަކުރާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންތަކަކާއި އޮންލައިން ވޯޓިންގް މެދުވެރިކޮށް ހޮވޭ ފަރާތްތަކަށް ދެވޭ "ޙާއްސަ" އެވޯޑެއް ދެވޭ ހަފްލާއެކެވެ.

މި އެވޯޑަށް މާރކްސް ދިނުމުގައި މިބަލަނީ ދެ ގޮތަކަށެވެ. އެއީ "ސަޓާ" އިން ކަނޑައަޅުއްވާ ޖަޖުންގެ ޓީމަކުން ގައުމުތަކަށް ދަތުރުކޮށް، ބައިވެރިވެފައިވާ ފަރާތްތަަކުން ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް 60 އިންސައްތަ އަދި ބާކީ އޮތް 40 އިންސައްތަ އޮންލައިން ވޯޓިންގް މެދުވެރިކޮށެވެ.

މި އިވެންޓުގެ ޕާރޓްނަރުންނަށް ބަލާއިރު، ޕްލެޓިނަމް ޕާރޓްނަރަކީ އަލްޝާލީ މެރީންއެވެ. ގޯލްޑް ޕާރޓްނަރުންނަނަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަދި ދަ ހޯވްކްސް ޕްރައިވެޓް ލިމިޓެޑެވެ. ޑެސްޓިނޭޝަން ޕާރޓްނަރަކީ ދިވެހިރާއްޖެ ކަމަށްވީއިރު، ދިވެހިރާއްޖޭގެ ޕާރޓްނާރކަން ސަޕޯޓްކޮށްފައިވަނީ މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމް.އެމް.ޕީ.އާރް.ސީ)އެވެ. މި އިވެންޓުގެ އޮފިޝަލް ހޯސްޓްކަމަށް އަދާރަން ހުދުރަންފުށި ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާރޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި އިންޝުއަރެންސް ޕާރޓްނަރަކީ އެލައިޑް އިންޝުއަރެސް ކޮމްޕެނީ އޮފްދަ މޯލްޑިވްސް ކަމަށްވާއިރު، ބެވަރޭޖް ޕާރޓްނާރ އެއްގެ ގޮތުގައި ކޮކަކޯލާ، ހޮސްޕިޓަލިޓީ ޕާރޓްނަރ އެއްކަމަށް މާގިރި ހޯޓެލް، ސަޕޯޓިންގ ޕާރޓްނާރއެއްގެ ގޮތުގައި ޕްރިންޓް ލެބް އަދި ޓްރެވަލް ޕާރޓްނަރުންގެ ގޮތުގައި ވަން އައިލެންޑް، ކޮރަލް ގްލާސް އަދި އައި.އެމް.ޓީ.އެމް ވަނީ ހަމަޖައްސާފައިއެވެ.

"ސަޓާ"ގައި މިއަހަރުވެސް 1000އަށް ވުރެ ގިނަ ފަރާތްތަކުން އެކި ގައުމުތަކުން ވާދަކޮށްފައިވާއިރު، އެގައުމު ތަކަކީ ދިވެހިރާއްޖެ، ސްރީލަންކާ، ބޫޓާން، ބަންގްލަދޭޝް، ނޭޕާލް އަދި އިންޑިޔާއެވެ. އެގޮތުން މި އަހަރު ރާއްޖޭގައި ބޭއްވިގެންދާނީ "ސަޓާ"ގެ ހަވަނަ ގާލާ އިވެންޓެވެ. މީގެ ކުރިން 2016 ވަނަ އަހަރުން ފެށިގެން މި އިވެންޓު ބާއްވަމުން އައިއިރު، 2020 ވަނަ އަހަރު އޮންލައިންކޮށް ބޭއްވި، 2021 ވަނަ އަހަރު ކޮވިޑްގެ ހާލަތާއި ގުޅިގެން މިއިވެންޓް ވަނީ ނުބޭއްވިފައިއެވެ. ނަމަވެސް މިއަހަރުގެ އިވެންޓަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށް "ސަޓާ" އިން ފާހަގަކުރައްވައެވެ. އެގޮތުން މިއަހަރު ބޭއްވޭ ގާލާ ނައިޓާއި އެކު، މިއީ މި އެވޯޑް ހަފްލާ ރާއްޖޭގައި ބޭއްވޭ ދެވަނަ ފަހަރެވެ. މިގޮތުން 2017 ވަނަ އަހަރު "ސަޓާ"ގެ އެވޯޑް ހަފްލާ ބާއްވާފައިވަނީ އައްޑޫ ސިޓީގެ އިކުއެޓާރ ވިލޭޖްގައިއެވެ. އަދި މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ އަދާރަން ހުދުރަންފުށީގައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ