
l_2019_01_13_025626_d3hifv59k2ax1gcbyotw6n8uqr4zpel7jms_EN_
ކ. ދިއްފުށީގައި ކުޑަކުއްޖަކާ ބެހުނުކަމަށް ތުހުމަތުކޮށް ހިންގި މާރާމާރީ ހުއްޓުވުމަށް މަސައްކަތްކުރި ފުލުހުންނަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ދިއްފުށީގައި ކުޑަކުއްޖަކާ ބެހުނުކަމަށް ތުހުމަތުކޮށް މީހަކަށް ހަމަލާދީ ހިންގި މާރާމާރީ ހުއްޓުވުމަށް މަސައްކަތްކުރި ފުލުހުންނަށް ހަމަލާދީފައިވާ ކަމަށެވެ.
ފުލުހުން ބުނފައިވަނީ، ފުލުހުންނަށް ހަމަލާދިން މައްސަލައާ ގުޅިގެން 22 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ދީފައިވާކަމަށެވެ.
އެ މާރާމާރީގައި ފުލުހުންނަށް ހަމަލާދިން މީހުން ހައްޔަރުކޮށްފައިވީނަމަވެސް، މި މާރާމާރީއާ ގުޅިގެން އިތުރު އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ.