logoEN
cocacola
އެއް ޖިންސުން ގުޅުން ހިންގި އަލަމްގިރް ހައްޔަރުކޮށްފި

އެއް ޖިންސުން ގުޅުން ހިންގި އަލަމްގިރް ހައްޔަރުކޮށްފި

ޙުސައިން އާހިލް

logo

7/12/2022, 9:13:30 PM

# އަލަމްގިރް# އެއް ޖިންސުން ގުޅުން ހިންގުން

340235_3_3d28da521e5f9bbb92d8124d5513ca45aae280a3_large

މީސްމީޑިއާގައި ދައުރުވަމުންދިޔަ، އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުން ފެންނަ އަލަމްގިރް ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެސްޓު ހައުސް އިންނެވެ.

އެއްޖިންސުން ގުޅުން ހިންގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ލީކުކުރި މައްސަލައާ ގުޅޭގޮތުން ފުލުހުން ކުރިން ބުނީ މިދިޔަ މާޗު މަހުގެ ފަހު ހަފުތާ އިން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ކަން ކުރި ބަޔަކު ދެނެގަނެވިފައިވާ ކަމަށް، މިިދިޔަ މަހުގެ 27 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި އަލަމްގީރް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވެފަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން، ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހަމަ އެ ކޮޓަރީގައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި އެވެ.

ވީޑިއޯތަކާ ގުޅިގެން ފުލުހުން ވަނީ އަލަމްގީރާއި ނާޒިމް އަދި ނަޝީދުގެ ވެސް ޕާސްޕޯޓު ހިފަހައްޓައިފަ އެވެ.

އަލްމްގިރް ހައްޔަރުކޮށްފައިވަނީ، އެއްޖިންސުން ގުޅުން ހިންގި ކަމަށްބުނާ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުނުކޮށް ދުވަސްތަކެއް ވުމާ ގުޅިގެން އާންމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަލަމްގީރް ހައްޔަރުކުރިއިރު، އޭނާ ދިވެހިންގެ ކިބައިން މާފަށް އެދޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި މީގެ ދުވަސްކޮޅެއް ކުރިން އާންމުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ