![މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ގްރޫޕް ސްޓޭޖު ނިމި، ބީސީ ހަބޭސް އާއި އައުޓްލޯޒްވެސް ސެމީއަށް](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F07%2FGMG_2571.jpg&w=3840&q=75)
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ގްރޫޕް ސްޓޭޖު ނިމި، ބީސީ ހަބޭސް އާއި އައުޓްލޯޒްވެސް ސެމީއަށް
# ހަވަރު ސްޕޯރޓްސް# އައުޓްލޯޒް# ބީސީ ހަބޭސް# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓ# ހަވަރު ސްޕޯޓްސްGMG_2571
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022 ގެ ގްރޫޕް ސްޓޭޖުގައި މިރޭ ކުޅުނު ފަހު މެޗުގައި ވާދަ ކުރި ދެ ޓީމުވެސް ސެމީއަށް ދަތުރުކޮށްފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މި މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނެނީ ތިން ޓީމެވެ. އެއީ އައުޓްލޯޒް އާއި ބީސީ ހަބޭސް އަދި ބީސީ ހަބޭސް ޖޫނިއަރ އެވެ. އޭގެ ތެރެއިން ބީސީ ހަބޭސް ކުޅުނު ދެ މެޗުން އެޓީމު ބަލިވެ މުބާރާތުން ކަޓާފައި އޮތުމުން، ބީސީ ހަބޭސް އާއި އައުޓްލޯޒް އޮތީ މިރޭގެ މެޗުގެ ކުރިންވެސް ސެމީއަށް ގޮސްފައެވެ. ގްރޫޕް އޭ އިން ފައިނަލަށް ގޮސްފައިވަނީ ފިޓް ފެމިނިން އާއި ވިކްސެން އެވެ.
މިރޭގެ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ހާފު ނިމުނުއިރު 16 - 02 ގެ ނަތީޖާއިން ކުރީގައި އޮތީ ބީސީ ހަބޭސް އެވެ. ދެވަނަ ހާފުވެސް ކާމިޔާބުކުރީ ބީސީ ހަބޭސް އިންނެވެ. އެއާއެކު މެޗު ނިމިގެން ދިޔައީ 36 - 13 ގެ ނަތީޖާއިން ބީސީ ހަބޭސް މޮޅުވެގެންނެވެ.
ބީސީ ހަބޭސް ޓީމަކީ ސާބިއާގެ ދެ ކުޅުންތެރިއަކާއި ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުގެ ކުޅުންތެރިންވެސް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓީމެކެވެ. އައުޓްލޯޒް ޓީމުގައި ސްރީލަންކާ ހޭންޑްބޯލް ޓީމުގެ ކެޕްޓަނާއި އިތުރު ކުޅުންތެރިއަކު ހިމެނޭ އިރު، ގައުމީ ލެވެލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިންވެސް ހިމެނެއެވެ. އަދި އެ ޓީމަކީ ހަވަރު ސްޕޯޓްސް އިން ބާއްވަމުން އަންނަ ހޭންޑްބޯލް މުބާރާތްތަކުގައި މީގެ ކުރިންވެސް ބައިވެރިވަމުން އަންނަ ޓީމެއްކަން ފާހަގަކޮށްލެވެއެވެ.
މި މުބާރާތަކީ ހަވަރު ސްޕޯޓްސް އިން ބާއްވާ ހަތަރުވަނަ ހޭންޑްބޯލް މުބާރާތެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.
ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ގުޅުންހުރި
![ހަވަރު ސްޕޯޓްސްގެ ހަތަރު ވަނަ ދައުރުގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބުކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F08%2F80DF6E83-C451-452A-9935-A3F52053F717.jpeg&w=3840&q=75)
ހަވަރު ސްޕޯޓްސްގެ ހަތަރު ވަނަ ދައުރުގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބުކޮށްފި
![މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ޗެމްޕިއަންކަން ބީސީ ހަބޭސް އަށް](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F07%2FMLH4398.jpg&w=3840&q=75)
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ޗެމްޕިއަންކަން ބީސީ ހަބޭސް އަށް
![މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ގަދަ ހިފުމަކަށްފަހު ފިޓްފެމިނިން ފައިނަލަށް](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F07%2FGMG_4499.jpg&w=3840&q=75)
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ގަދަ ހިފުމަކަށްފަހު ފިޓްފެމިނިން ފައިނަލަށް
![މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ސެމީ ފައިނަލް މިރޭ!](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F07%2FGMG_2380.jpg&w=3840&q=75)