logoEN
ޕީއެންސީ 2
ޓީމް އޮތީ މެޗަށް ސަތޭކަ ޕަސެންޓު ތައްޔާރަށް - ކާޑެއްދޫ އެފްސީގެ ކޯޗު

ޓީމް އޮތީ މެޗަށް ސަތޭކަ ޕަސެންޓު ތައްޔާރަށް - ކާޑެއްދޫ އެފްސީގެ ކޯޗު

# ހަވަރު ޔޫތް ކަޕް 2020

133336567_724892461781795_6416665377096413145_o

ހަވަރު ޔޫތް ކަޕްގެ ސެމީފައިނަލްގައި ހޯނޑެއްދޫ އެފްސީއާއި ދެކޮޅަށް ނުކުންނަ އިރު ޓީމު އޮތީ 100 ޕަސެންޓު ތައްޔާރަށް ކަމަށް ކާޑެއްދޫ އެފްސީގެ ކޯޗު ނިޝާމް އަލީ ބުނެފިއެވެ.

ޝަރީ 2024

ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެމުން ކޯޗު ނިޝާމް ބުނި ގޮތުގައި ސެމީ ފައިނަލަށް ޓީމު ނިކުންނަނީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި އެހެންނަމަވެސް ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް އިންޖަރީގައި ތިބުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. ނަމަވެސް ޓީމުން ނިކުންނާނީ ވަރުގަދަ ކުޅުމެއް ކުޅެ ފައިނަލްގެ ފުރުސަތު ހޯދުމަށް ކަމަށްވެސް ނީޝާމު ބުންޏެވެ.

ނިޝާމް އިތުރަށް ބުނިގޮތުގައި ގްރޫޕް ސްޓޭޖުގައި ހޯނޑެއްދޫ އެފްސީ ބަލިކުރެވުމަކީ ސެމީ ފައިނަލަށް ނިކުންނަ އިރު އޯވާކޮންފިޑެންޓް ވާ ކަމެއް ނޫންކަމަށެވެ. އަދި މިއަދު މިކުޅޭ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި ކުޅުންތެރިންގެ ފަރާތުން ރަނގަޅު މޮޅު ކުޅުމެއް ފެންނާނެކަމަށް އުންމީދުކުރާ ކަމަށްވެސް ނިޝާމް ވަނީ ބުނެފައިއެވެ.

ސެމީ ފައިނަލްގައި ކާޑެއްދޫ އެފްސީ އިން ހޯނޑެއްދޫއާއި ދެކޮޅަށް ނުކުންނަ އިރު މިދެޓީމް ވަނީ ގްރޫޕް ސްޓޭޖުގައި ވެސް ވާދަކޮށްފައެވެ. އެމެޗު ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުން ކާޑެއްދޫ އެފްސީއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ޓީމް ނޯޗޮއިސް އަދި ޓީމް ފީނިކްސް އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 10 ވަނަ ދުވަހުގެ ހަވީރު އެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެެހިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ