
މަކިޓާ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް 2022 ރަސްމީކޮށް ފަށައިފި
# ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# ހަވަރު ސްޕޯޓްސްGMG_3552
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ އަންހެން ހޭންޑް ބޯލް މުބާރާތް ކަމުގައިވާ މަކިޓާ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް 2022 މިރޭ ތިނަދޫގައި ރަސްމީކޮށް ފަށައިފި އެވެ.

ޖުމުލަ 7 ޓީމެއް ދެގްރޫޕަކަށް ބަހާލައިގެން މިރޭ ފެށި މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައެވެ. މި މުބާރާތް ރަސްމީކޮށް ފެށުމަށް މިރޭ އެދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.
މި މުބަރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ގދ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޢުނީވެސްް ބައިވެރިވެވަޑައިގެންނެވި އެވެ. މުޣުނީ އަކީ ހަވަރު ސްޕޯޓްސްގެ ރައީސްވެސް މެއެވެ.
މި މުބާރާތް ފެށުމުގެ ގޮތުން މިރޭ ދެމެޗެއް ކުޅޭނެ އެވެ. އެއީ ގްރޫޕް އޭގެ ދެމެޗެއެވެ. މިގޮތުން ފުރަތަމަ މެޗެެއްގެ ގޮތުގައި މިހާރު ކުޅެމުންދަނީ މުރާލިކަބަލުންގެ ޓީމާއި ވިކްސެން އެވެ. އަދި މިރޭ 22:30 ގައި ކުޅޭނީ މިދިޔަ އަހަރުވެސް މި މުބާރާތުގައި ވާދަކުރި ފިޓް ފެމިނިން އާއި ލ.ގަން ޑަބްލިއުޑީސީގެ ޓީމެވެ.
ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022ގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.
ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.
މި މުބާރާތް މިއަހަރު ބާއްވާނެކަމަށް ހަވަރުސްޕޯޓްސްއިން އިއުލާނުކުރީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިއަހަރުގެ މުބާރާތަކީ ހަވަރު ސްޕޯޓްސްއިން ބާއްވާ ވުމެންސް ހޭންޑްބޯލް ޓޯނަމެންޓްގެ 4 ވަނަ މުބާރާތެވެ.