logoEN
cocacola
ދިރާގު ޓީވީ އާއި ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް!

ދިރާގު ޓީވީ އާއި ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް!

އަހުމަދު ޝުރާއު

logo

7/6/2022, 2:56:22 PM

# ދިރާގު

339809_3_af8df04b6984434d71d9d8f954494185514b1aa5_large

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުންއަންނަތާ އެންމެ ގިނަ ދުވަސްވީ ކުންފުނި ، ދިރާގުން އެކުންފުނިންގެ ފޯރުކޮށްދޭ ޓީވީއާއ ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް ގުޅައިދިނުން ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ގޮސިޔާ

ދިރާގުން ބުނީ މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ ހިދުމަތްތަކަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ފައިބާ ގުޅައިދިނުމާއި ދިރާގު ޓީވީ ގުޅައިދިނުމާ އެކު ޖޯއީބޮކްސް (ޑީކޯޑަރު) ވެސް ހިލޭ ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ހިމަނާފައިވެ އެވެ. އެގޮތުން މި ޕްރޮމޯޝަނަލް އޮފާގެ ދަށުން ދިރާގު ފައިބަ ބްރޯޑްބޭންޑަށް ކުރިމަތިލާ ހުރިހާ ކަސްޓަމަރުންނަށް 50 ޕަސެންޓް ޑިސްކައުންޓް އަދި އޯއެންޓީ (ރައުޓާ) އިން ޑިސްކައުންޓް ލިބޭނެ އެވެ. އަދި ދިރާގުޓީވީ އަށް އެދި ހުށަހަޅާ ފުރަތަމަ 300 ކަސްޓަމަރުންނަށް ހިލޭ ވަޔަލެސް ކީބޯޑެއް ވެސް ލިބޭނެ އެވެ. އަދި ސެޕްޓެމްބަރުގެ ނިޔަލަށް ޓީވީގެ ޗެނަލްތަކުގެ މަހުފީގެ ގޮތުގައި ދައްކަން ޖެހޭނީ 350ރ. އެވެ.

ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހަލުވި ސްޕީޑެއްގައި ބޮޑެތި ޑޭޓާ އެލަވެންސްތަކެއް ލިބޭ ތަފާތުވައްތަރުގެ އިންޓަނެޓް ޕެކޭޖުތައް ލިބެ އެވެ. އެ ހިދުމަތް މިހާރު ވަނީ ރާއްޖޭގެ 89 ރަށެއްގައި ތައާރަފްކޮށްފަ އެވެ.

އަދި ދިރާގު ޓީވީގެ ހިދުމަތް ރާއްޖޭގެ ގޭބީސީތަކުގެ 84 ޕަސެންޓަށް މިހާރު ލިބެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ