
4AA9D6B7-3FCD-492C-A895-EDCC0341BF5D
ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އެވެ.
މި ޕޮލިސް ސްޓޭޝަން ގާއިމްކޮށްފައިވަނީ ހިޔާގެ އެޗް 4 ވަނަ ޓަވަރުގަ އެވެ.
ފުލުހުން ބުނީ މިއީ ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާއިމުކުރި ޕޮލިސް ސްޓޭޝަނެއް ކަމަށެވެ.