logoEN
cocacola
ގަމުގައި 100 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ގަމުގައި 100 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ޙުސައިން އާހިލް

logo

5/30/2022, 2:08:13 PM

# ލ. ގަން# ޕްލޭނިން މިނިސްޓްރީ# ބޯހިޔާވަހިކަން# ހައުސިން ޔުނިޓް

e5005557-92f1-4039-af24-e309647f808b

ލ. ގަމުގައި 100 ހައުސިން ޔުނިޓު އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ގޮސިޔާ

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް، އަޙްމަދު ވިޝާން ނަސީމެވެ. އެސްޖޭ ކުންފުނީގެ ފަރާތުން ސޮއި ކުރީ ކުންފުނީގެ ޑިރެކްޓަރ، އަލްއުސްތާޒު، ޝިހާދު އިބްރާހިމް އެވެ.

ޕީއެސްއައިޕީގެ ދަށުން ހިންގޭ މި މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 84.4 މިލިއަން ރުފިޔާއަށް، 365 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތް ކުރާ 100 ހައުސިން ޔުނިޓްތަކުގައި 1000 އަކަފޫޓު ހުންނާނެ އެވެ. ޔުނިޓެއްގައި ހިމެނޭނީ ފާޚާނާ ހިމެނޭ ގޮތަށް ތިން ކޮޓަރިއާއި ސިޓިން ރޫމް، ބަދިގެ، ކާގޯ ރޫމް އަދި ލޯންޑްރީ ރޫމާއި ސްޓޯ ރޫމެއް ހިމެނޭ ގޮތަށެވެ.

މީގެ އިތުރުން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރުމާއި، ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއްވެސް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ