logoEN
cocacola
ލޯންޗު އެކްސިޑެންޓުގައި އަނިޔާވި އެކެއްގެ ހާލު ސީރިއަސް - އައިޖީއެމްއެޗް

ލޯންޗު އެކްސިޑެންޓުގައި އަނިޔާވި އެކެއްގެ ހާލު ސީރިއަސް - އައިޖީއެމްއެޗް

އަލްފާ އަލީ

logo

5/22/2022, 3:16:46 PM

# ކަނޑުމަތީގެ ހާދިސާ# އައިޖީއެމްއެޗް

E1687777-1B9B-4AD4-AAEA-958F21BA234D

ގއ. ކޫއްޑޫއިން އެ އަތޮޅު ވިލިނގިއްޔަށް ދަތުރު ކުރި ލޯންޗެއް، ވިލިނގިލީ ނެރަށް ވަންނަން އުޅުމުގެ ތެރޭގައި ނެރު ތޮށްޓަށް އަރައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

ގޮސިޔާ

ރޭ 19:15 ހާއިރު ހިނގި އެ ހާދިސާގައި ލޯންޗުގައި ތިބި ފަސް މީހުންގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި ނިޔާވެފައިވަނީ ލޯންޗު ގޮސް ނެރު ތޮށްޓަށް އެރި ވަގުތު ކަނޑަށް ވެއްޓުނު ދެ މީހުންނެވެ.

ނިޔާވި ދެމީހުންގެ އިތުރުން، ލޯންޗުގައި ތިބި އިތުރު ތިން މީހަކަށްވެސް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އެ ތިން މީހުންވެސް މިހާރު މާލެ ފޮނުވައި، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފައިވާއިރު އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދަނީ އެ ހޮސްޕިޓަލުގައި އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ޒުވާނާއަށް ގއ. އަތޮޅު ހޮސްޕިޓަލުގައިވެސް ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

ގއ. އަތޮޅު ހޮސްޕިޓަލުން މައުލުމާތު ދިން ގޮތުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ޒުވާނާގެ ކަރާއި ބޮލަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

ރޭ ހިނގި މި އެކްސިޑެންޓްގައި ނިޔާވީ މިސްބާހު އަބްދުލް މުހްސިން، 37 އާއި ލަންދޫ ޒުވާނެއް ކަމަށްވާ މުހައްމަދު ޝާފިއު، 27 އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗް ދަތުރު ކުރީ މިސްބާހުގެ އާއިލާގެ މީހަކާއި ޝާފިއުގެ އާއިލާގެ މީހަކު ކުރާ ކައިވެންޏެއްގައި ބައިވެރިވާން ޝާފިއު ބަލާ، އޭނާ މަސައްކަތް ކުރަމުން އައި ޕުލްމަން މޯލްޑިވްސް ރިސޯޓަށް ދިއުމަށްފަހު އެނބުރި ވިލިނގިއްޔަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ