![ނަރުހުންގެ ހަފްތާ ފާހަގަކުރުމަށް އޭއެސްއެމްއެޗް ނަރުހުންގެ ގިނަ ހަރަކާތްތަކެއް](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F05%2FScreenshot-2022-05-11-at-13.54.50.png&w=3840&q=75)
ނަރުހުންގެ ހަފްތާ ފާހަގަކުރުމަށް އޭއެސްއެމްއެޗް ނަރުހުންގެ ގިނަ ހަރަކާތްތަކެއް
# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް# ނަރުހުންގެ ދުވަސް# ނަރސަސް ވީކްScreenshot 2022-05-11 at 13.54.50
މިއަހަރު ފާހަގަކުރާ ނަރުހުންގެ ދުވަހާ ގުޅިގެން އަންނަ "ނާސަސް ވީކް" ފާހަގަކުރުމަށް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ނަރުހުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވައިފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ނަރުހުންގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅޭ ގޮތުން ގާފު އޮންލައިނަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ނަރުހުންގެ އިންޗާޖް، ޒޫނާ ނިޒާރު ވިދާޅުވީ ނަރުހުންގެ ހަފްތާއާ ގުޅިގެން އެ ހޮސްޕިޓަލުގެ ނަރުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ދެ ހަރަކާތެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ހަރަކާތް ކުރިއަށް ގެންދިޔައީ ތިނަދޫގެ ދެ ސްކޫލެއްގައި ކަމަށް ޒޫނާ ވިދާޅުވިއެވެ.
ޒޫނާ ވިދާޅުވި ގޮތުގައި ސްކޫލުތަކުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން ތިނަދޫ ސްކޫލުގައި ހިންގާފައިވަނީ އެ ސްކޫލުގެ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 6 ގެ ދަރިވަރުންނަށް އަމިއްލަ ސާފުތާހިރުކަމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެކެވެ. ގދ. އަތޮޅު ތައުލީމީ މަރުކަޒުގައިވެސް އެފަދަ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު އެ ސެޝަންގައި އެ ސްކޫލުގެ ގްރޭޑް 7 ގެ ދަރިވަރުންނަށް ނަގައިދީފައިވަނީ "ނަފްސާނީ ދުޅަހެޔޮކަމާ" ގުޅޭ މައުލޫމާތު ސެޝަނެކެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ނަރުހުން މިއަދު ހިންގި ދެވަނަ ހަރަކާތުގައި ތިނަދޫގައި އެނދުމަތިވެފައިވާ، އެކި އުމުރުފުރައިގެ ބަލިމީހުންނަށް ޒިޔާރަތްކޮށް، ހާލު ބަލައި ހަދިޔާ ދީފައިވެއެވެ. ޒޫނާ ވިދާޅުވި ގޮތުގައި އެ ފަދަ ބަލިމީހުންނަށް ޒިޔާރަތްކޮށް، އެމީހުންގެ ބްލަޑް ޕްރެޝަރ އާއި ހަކުރު ޓެސްޓް ކުރުމުގެ އިތުރުން ނަރުހުންގެ ފަރާތުން ހަދިޔާ ދީފައިވެއެވެ.
ނަރުހުންގެ ހަފްތާ ފާހަގަކުރުމަށް އެ ހޮސްޕިޓަލުގެ ނަރުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މި މަހުގެ 13 ވަނަ ދުވަހު ބައިސްކަލް ބުރެއްވެސް ބޭއްވުމަށް ވަނީ ރާވާފައެވެ. އަދި މިމަހުގެ 21 ވަނަ ދުވަހު ނެޓްބޯޅައިގެ ވަން ޑޭ ކަޕެއްވެސް ބޭއްވުމަށް ވަނީ ރާވާފައެވެ.
ގުޅުންހުރި
![ނަރުހުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ހިންގައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F5%2F4988.jpg&w=3840&q=75)
ނަރުހުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ހިންގައިފި
![ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އޭއެސްއެމްއެޗް އިން "އިހެމުން" ފަށައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F03%2Fmsg194514166-111043.jpg&w=3840&q=75)
ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އޭއެސްއެމްއެޗް އިން "އިހެމުން" ފަށައިފި
![ބޭސްއެޅުމާއި އިންޖެކްޝަން ޖެހުން އައު އޯޕީޑީ އިމާރާތަށް](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F10%2FAMN1497.jpg&w=3840&q=75)
ބޭސްއެޅުމާއި އިންޖެކްޝަން ޖެހުން އައު އޯޕީޑީ އިމާރާތަށް
![އޮންލައިންކޮށް ނަންބަރު ނެގޭނެ އިންތިޒާމް އޭއެސްއެމް ހޮސްޕިޓަލުން ހަމަޖައްސައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F10%2FAMN1543.jpg&w=3840&q=75)