logoEN
Sto top
2023 ގެ ރިޔާސީ ރޭހުގައި އަލްހާން ފަހުމީ ވާދަކުރައްވާނެކަން ތަކުރާރުކޮށް އިއުލާންކުރައްވައިފި

2023 ގެ ރިޔާސީ ރޭހުގައި އަލްހާން ފަހުމީ ވާދަކުރައްވާނެކަން ތަކުރާރުކޮށް އިއުލާންކުރައްވައިފި

އަހުމަދު ޝުރާއު

logo

5/7/2022, 9:37:08 PM

# އަލްހާން ފަހުމީ

052740-d 0 wp advaaa 57 ar

މަޝްހޫރު ސިޔާސީ ބޭފުޅެއް ކަމުގައިވާ އަލްހާން ފަހުމީ، 2023 ގައި ރާއްޖޭގައި ބާއްވާ ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން މިރޭ ތަކުރާރުކޮށް އިއުލާނުކުރައްވައިފިއެވެ.

Wamco

އަލްހާން މިކަން ހާމަކުރައްވައި މިރޭ ޓޫވީޓެއް ކުރައްވާފައިވެއެވެ. އެގޮތުން އަލްހާން ޓުވީޓު ކުރެއްވީ އަލްހާން 2023 ހޭޝްޓެގެވެ.

އަލްހާން ކުރެއްވި ޓުވީޓާއި ގުޅޭގޮތުން ރާއްޖޭގެ ނޫހެއް ކަމަށްވާ ދުވަސް ނޫހުން އޭނާއާއި ސުވާލު ކުރެއްވުުން އަލްހާން ދުވަހާ ހިއްސާކުރެއްވީ 2020 ވަނަ އަހަރުގެ ޖޫންމަހު އަލްހާން ކުރެއްވި ޓްވީޓެކެވެ. އެއީ 2023 ގައި ވާދަކުރައްވާނެކަން އެމަނިކުފާނު ރަސްމީކޮށް އިއުލާންކުރައްވައި ކުރި ޓުވީޓެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން އެންމެ ފުރަތަމަ ފެއްޓެވި ބޭފުޅަކަށް އަލްހާން ވެގެންދާނެ އެވެ. އަލްހާން 2023 ގެ ކެމްޕެއިން ހޭޝްޓެގެއް މިރޭ ކުރެއްވި އިރު ފޮރެކްސްގެ ނަމުގައި ޕޮންޒީ ސްކީމެއް ހިންގެވި މައްސަލަ ކަމާބެހޭ ފަރާތްތަކުން އަންނަނީ ބަލަމުންނެވެ. މިގޮތުން އެސްކީމަށް އިންވެސްޓް ކުރި ފައިސާ އަނބުރާ ނުލިބިގެން އަންނަނީ ޝަކުވާ ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside