logoEN
cocacola
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 - ވަރުގަދަ ކުރިމަތިލުމަކަށް ފަހު ވައިޖެހޭއަށް އަނެއްކާވެސް މޮޅެއް

ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 - ވަރުގަދަ ކުރިމަތިލުމަކަށް ފަހު ވައިޖެހޭއަށް އަނެއްކާވެސް މޮޅެއް

ގާފު އެޑިޓޯރިއަލް

logo

12/26/2020, 3:09:45 PM

# ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020

DSC_5326

ވަރުގަދަ ކުރިމަތިލުމަކަށް ފަހު ވައިޖެހޭ އިން ޝާޕްޝޫޓާޒްގެ މައްޗަށް ކުރިހޯދައިފި އެވެ.

ގޮސިޔާ

ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ 6 ވަނަ މެޗު ވައިޖެހޭ އިން ކާމިޔާބު ކުރީ ޝާޕްޝޫޓާޒްއާއި އެކު ކުޅުނު ވަރުގަދަ ކުރިމަތިލުމަކަށް ފަހުއެވެ. ޓައިގެ ފުރަތަމަ ޑަަބަލްސް މެޗް ވެގެން ދިޔައީ ވަރަށްވެސް ފޯރިގަދަ މެޗަކަށެވެ. އެގޮތުން ވައިޖެހޭގެ ސާމިރު - އާތިފް ފެއާއިން ޝާޕްޝޫޓާޒްގެ އިސްމާއިލް - ޚާލިދް ޕެއާގެ ފުރަތަމަ ސެޓު 17/21 އިން ކާމިޔާބު ކުރީ ވައިޖެހޭއިންނެވެ. އެހެން ނަމަވެސް ދެވަނަ ސެޓު ޝާޕްޝޫޓާޒް އިން ކާމިޔާބު ކުރީ ހަނިގޮތަކަށެވެ. ފަހަތުން އަރައި ޝާޕްޝޫޓާޒްއިން ވައިޖެހޭގެ މައްޗަށް ކުރިހޯދީ 21/19 ގެ ނަތީޖާއަކުންނެވެ. މެޗުގެ ތިންވަނަ ސެޓު ވައިޖެހޭއިން ކާމިޔާބު ކުރީ 11/15 ގެ ނަތީޖާއަކުންނެވެ.

ޓައިގެ ސިންގަލް މެޗުގައި ވާދަކުރީ ވައިޖެހޭގެ މުހައިމިން އާއި ޝާޕްޝޫޓާޒްގެ އިސްމާއިލް އެވެ. މި މެޗު ވައިޖެެހޭގެ މުހައިމިން ކާމިޔާބު ކުރީ 09/21 ، 18/21 އިންނެވެ. އަދި ޓައިގެ ދެވަނަ ޑަބަލްސްގައި ކުޅުނީ ވައިޖެހޭގެ އާތިފް - މުހައިމިން ޕެއާ އާއި ޝާޕްޝޫޓާޒްގެ ޝިމާޒް - ޚާލިދް ޕެއާއެވެ. މި މެޗު ވައިޖެހޭ އިން ކާމިޔާބު ކުރީ 10/21 ، 16/21 އިންނެވެ.

undefined

ވައިޖެހޭއިން ކުޅުނު ފުރަތަމަ ޓައި ވަނީ ކާމިޔާބު ކޮށްފައެވެ. ފުރަތަމަ ޓައިގައި ވައިޖެހޭ އާއި ވާދަކުރީ ޓީމް ހުވަދޫ އެވެ. އެ ޓައިވެސް ވައިޖެހޭއިން ކާމިޔާބު ކުރީ ތިން މެޗުންވެސް މޮޅުވެގެން އެވެ. ޝާޕްޝޫޓާޒް ވެސް ވަނީ ފުރަތަމަ ޓައި 3 މެޗު ކާމިޔާބުކޮށްގެން ޓައި އިން މޮޅުވެފައެވެ. ފުރަތަމަ ޓައި ގައި ޝާޕްޝޫޓާޒް ވާދަކުރީ ނޯޯފޯލްޓް އާއި އެވެ.

މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމުލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތަކީ ލީގް އުސޫލުން ކުރިޔަށް ގެންދަން ނިންމައިފައިވާ މުބާރާތަކަށް ވުމުން މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނީ ޕޮއިންޓް ޓޭބަލްގެ އެންމެ މަތީގައި އިންނަ ދެ ޓީމެވެ.

ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ ޓައިޓަލް ސްޕޮންސަރަކީ ހަވަރު ސްޕޯޓްސް އެވެ. އަދި ކޯ ސްޕޮންސްސަރަނުންނަކީ އެފްއެކްސް އެމްވީ އަދި އަކުއާޕްރެޑައިސް އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކަށް ހުވަދޫ ބެޑިމިންޓަން ކްލަބް ހަމަޖައްސާފައިވާ އިރު އޮގަނައިޒިންގ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމްއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަށް ޕްރިންޓެކް ހަމަޖައްސައިފައިވާ އިރު ބެވަރޭޖަސް ޕާޓްނަރަކަށް ހަމަޖެހިފައިވަނި ވޯޓާޑެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ