logoEN
cocacola
ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށައިފި

ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށައިފި

އައިޝަތު އިފާޝާ

logo

4/2/2022, 1:17:28 PM

# ހިޔާ ފްލެޓް# ހުޅުމާލެ ދެވަނަ ފިޔަވަހި# ބޯހިޔާވަހިކަން

hiya-flat

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނަގަން ފަށައިފި އެވެ.

ގޮސިޔާ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރި އިއުލާނެއްގައި ބުނީ، ހިޔާ މަޝްރޫޢުގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގެ ދަށުން މަހުން މަހަށް ދައްކަވަންޖެހޭ ފައިސާ 01 އޭޕްރިލް 2022 އިން ފަށައިގެން ބަލައިގަންނަން ނިންމާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ "މައިހުޅުމާލެ: ވެބް ޕޯޓަލް ލިންކް (https://my.hdc.com.mv) އިން ފްލެޓަށް ފައިސާ ދެއްކޭނެ ކަމަށެވެ. އެގޮތަށް އޮންލައިން ކޮށް މިވަގުތު ފައިސާ ދެއްކޭނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ކާޑުގެ ޒަރީއާއިން ކަމުގައި ކަމަށް އެޗްޑީސީން ބުންޏެވެ.

އަދި އެޗްޑީސީގެ މައި އޮފީހުގައި ފައިސާ ބަލައިގަތުމަށްޓަކައި ހާއްސަ ކޮށްފައިވާ ކައުންޓަރުތައް މެދުވެރިކޮށް ނަގުދު ފައިސާ އާއި ޗެކު އަދި ބޭންކް ކާޑުން ފައިސާ ދެއްކެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓުގެ މަހު ކުއްޔަށް 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،000ރ. އެވެ. ހިޔާ ފްލެޓްތަކަށް ކުލި ނެގަން ފަށާފައި މިވަނީ ދެ ފަހަރެއްގެ މަތިން ގްރޭސް ޕީރިއަޑް (ކުލި ނުދައްކާ މުއްދަތު) އިތުރުކުރުމަށް ފަހުގައެވެ. އެގޮތުން ގްރޭސް ޕީރިއަޑްގެ ގޮތުގައި ޖުމްލަ 7 މަސްދުވަސް ވަނީ ފްލެޓް ލިބުނު ފަރާތްތަކަށް ދީފައެވެ. އެ މުއްދަތު އެގޮތަށް ދީފައިވަނީ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ކުރުމަށް ފްލެޓް ލިބުނު ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ