
DSC_1625
ރޯދަ މަހު ސުކޫލުތަކުގައި ކިޔަވައިދިނުމުގެ ވަގުތު ކަނޑައެޅުމުގައި އަމަލު ކުރަން ޖެހޭ އުސޫލު އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް އަންގައިފި އެވެ.

އެ މިނިސްޓްރީން ސުކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ ސުކޫލުތައް ހެނދުނު 8:30 ނުވަތަ 9:00 ގައި ފެށުމަށެވެ. އަދި މެންުދުރު ފަހު 3:00 ގެ ކުރީން ސުކޫލުތަކުގެ ކިޔަވައިދިނުން ނިންމާލުމަށެވެ. އެ ގޮތުން ސެކަންޑަރީ އާއި ހައި ސެކަންޑަރީ އަށް ކިޔަވާ ދަރިވަަރުން ސުުކޫލުގައި ހޭދަކުރަ ވަގުތު ތިން ގަޑިއިރަށް ހަމަޖެއްސުމަށާއި ޕްރައިމަރީ ގުރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުން ދެ ގަޑިއިރާ ތިރީސް މިނެޓަށްވުރެ ދިގު ނުކުރުމަށެވެ. އަދި ޕްރީ ސުކޫލު ދަރިވަަރުންނަށް ދޮޅުގަޑިިއިރު ކިޔަވައިދިނުމަށެވެ.
އެ ސާކިއުލާގައި ވަނީ މާއްދާއަކަށް 30 މިނެޓާއި 45 މިނެޓް ހޭދަކުރުމަށާއި ދެ ހަފްތާއިން ހުރިހާ މާއްދާތަކެއް ނެގޭ ގޮތަށް ޓައިމްޓޭބަލް އެކުލަވާލުމަށްވެސް އަންގާފައެވެ. ޓީޗަރުންގެ މަސައްކަތުގެ ވަގުތުވެސް ހަތަރު ގަޑިއިރަށްވުރެ ދިގު ނުވާނެ ގޮތަށް ހަމަޖެއްސުމާއެކު ހަވީރު ހަތަރަކުން ރޭގަނޑު ނުވަޔަކަށް ސުކޫލުގެ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށްވެސް ވަނީ އަންގާފައެވެ.
އަންނަ މަހުގެ ދެވަނަަ ދުވަހު ރޯދަ މަސް ފެށޭއިރު އެ އުސޫލު ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހާއި ހަމައަށް އަމަލު ކުރުމަށް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ.
ގުޅުންހުރި

ސްޓޭޖް 2 އިން 5 އަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޕްރިންޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އިއުލާންކޮށްފި

"ޔަންގު މެތަމެޓިކަލް ސްޓޯރީ އޯތަރ ކޮންޕެޓިޝަން" ގައި ހުރިހާ އުމުރުފުރާއަކުން ރާއްޖެއަށް އެއްވަނަ!

ގްރޭޑް 10 ގެ ދަރިވަރުންނަށް 'އެންޓި-ބުލީންގް އެންޑް މެންޓަލް ވެލް-ބީންގް' ޕްރޮގްރާމް ފަށައިފި




