
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 - އަންހެން ފުރަތަމަ މެޗުން ޓީމް ހަވަރު ކަނބާ މޮޅުވެއްޖެ
# ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020DSC_5869
ހަވަރު ގާފު ބެޑްމިންޓަން މުބާރާތުގެ އަންހެން ކެޓަގަރީގެ ފުރަތަމަ މެޗުގެ ތިން ގޭމުންވެސް ފިޓް ފެމިނިން ބަލިކޮށް ޓީމް ހަވަރު ކަނބާއިން ފެށުން ރަނގަޅު ކޮށްފި އެވެ.

ހަވަރު ކަނބާއިން ހުރިހާ ގޭމެއްވެސް ކާމިޔާބުކުރީ ފަސޭހަކަމާއި އެކު ބޮޑު ތަފާތަކުންނެވެ. އެގޮތުން ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި ވާދަކުރީ ހަވަރު ކަނބާގެ ޝައިސްތާ - ސުހާ ޕެއާއާއި ފިޓް ފެމިނިންގެ ޝިޒްނީ - އައިމިނަތް ޕެއާއެވެ. ހަވަރު ކަނބާގެ ފުރަތަމަ ޑަބަލްސް ކާމިޔާބުކުރީ 03/15 ، 08/15 އިންނެވެ. އަދި ސިންގަލްސް މެޗުގައި ގައި ވާދަކުރީ ހަވަރު ކަނބާގެ ސުހާ އާއި ފިޓް ފެމިނިންގެ ޝިޒްނީ އެވެ. މި ޓައި ހަވަރު ކަނބާއިން ކާމިޔާބުކުރީ 04/15 ، 02/15 އިންނެވެ. މެޗުގެ ދެވަނަ ޑަބަލްސްގެ މެޗުގައި ވާދަކުރީ ހަވަރު ކަނބާގެ ޝައިސްތާ - އައިމިނަތް ޕެއާއާއި ފިޓް ފެމިނިންގެ ޒިފްނާ - ސިނާނާ ޕެއާއެވެ. މި ޓައި 10/15 ، 08/15 އިން ކާމިޔާކޮށް ޓައި ކާމިޔާބު ކުރީ ހަވަރު ކަނބާ އިންނެވެ.
މުބާރާތުގައި ހަވަރު ކަނބާ ދެން ވާދަކުރާނީ ޓީމް ސިޔާން އާއި އެވެ. އަދި ފިޓް މެމިނިން ވެސް ވާދަކުރާނީ ސިޔާން އާއި އެވެ. މި މުބާރާތުގެ އަންހެން ކެޓަގަރީއިން ބައިވެރިވެފައިވަނީ ޖުމުލަ 3 ޓީމެވެ. އެހެން ކަމުން މުބާރާތުގައި އަންހެން ކެޓަގަރީ އިން ކުޅޭނީ ތިން މެޗެވެ.
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ ޓައިޓަލް ސްޕޮންސަރަކީ ހަވަރު ސްޕޯޓްސް އެވެ. އަދި ކޯ ސްޕޮންސްސަރަނުންނަކީ އެފްއެކްސް އެމްވީ އަދި އަކުއާޕްރެޑައިސް އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކަށް ހުވަދޫ ބެޑިމިންޓަން ކްލަބް ހަމަޖައްސާފައިވާ އިރު އޮގަނައިޒިންގ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމްއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަށް ޕްރިންޓެކް ހަމަޖައްސައިފައިވާ އިރު ބެވަރޭޖަސް ޕާޓްނަރަކަށް ހަމަޖެހިފައިވަނި ވޯޓާޑެކެވެ.