!["ހަވަރު ގާފު ބެޑްމިންޓަން ޗެެމްޕިއަންޝިޕް" މިރޭ ފަށަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F12%2FWhite-100.jpg&w=3840&q=75)
"ހަވަރު ގާފު ބެޑްމިންޓަން ޗެެމްޕިއަންޝިޕް" މިރޭ ފަށަނީ
# ތިނަދޫ ސްޓޭޑިއަމް# ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020# ހަވަރު ސްޕޯޓްސްWhite -100
ގާފު މީޑީއާ ގްރޫޕުން ހަަވަރު ސްޕޯޓްސް އާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަވަރު ޔޫތް ބެޑްމިންޓަން ޗެމްޕިއަންޝިޕް މިރޭ ފަށަން ނިންމައިފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ހަވަރު ސްޕޯޓްސްގެ މެއިން ސްޕޮންސަރގެ ދަށުން މިރޭ ފެށުމަށް ހަމަޖެހިފައިވާ މުބާރާތަކީ މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެެވެ. ޖުމްލަ 9 ޓީމާއެކު މިރޭ ފަށާ މި މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ މިރޭ 8:30 ގައި, ގދ. ތިނަދޫ އިޖްތިމާއީ މަރުކަޒުގެެ ބެޑްމިންޓަން ކޯޓުގައެވެެ. ގާފު އޮންލައިންގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ހަމަޖެފައިވާ މި މުބާރާތަކީ ތިނަދޫ އިޖްތުމާއި މަރުކަޒުގެ ބެޑްމިންޓަން ކޯޓުގައި ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ.
އެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ މެދުގައި ގުރުއަތުލުން ނަގާފައިވަނީ ގދ. ތިނަދޫ ވޯޓަރ ޑެކް ރެސްޓޯރެންޓުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ލީގް އުސޫލުން ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެެރިވެފައިވަނީ ފަސް ކުޅުންތެރިންގެެ މައްޗަށް އެކުލެވޭ 9 ޓީމަކުންނެވެ. އެއީ އަންހެން ކެޓަގަރީގެ ތިން ޓީމާއި ފިރިހެން ކެޓަގަރީގެ 6 ޓީމެވެެ.
މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 24 އިން 27 ގެ ނިޔަލަށެވެ. އެ މުއްދަތުގައި ކޮންމެ ދުވަހަކު ޖުމްލަ 3 މެޗް ކުޅޭނެ އެވެެ. މުބާރާތުގައި ކުޅޭނީ ޖުމްލަ 18 މެޗެވެެ. މުބާރާތުގެެ ކޮންމެ ކެޓަގަރީއަކުން, (އަންހެން, ފިރިހެން) ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއްވަނަ އަށްދާ ދެ ޓީމަށްވެެސް 5000 ރުފިޔާގެ ފައިސާގެ އިނާމު އަދި ދެވަނަ އަށް ދާ ދެ ޓީމަށްވެެސް 2000 ރުފިޔާގެ ފައިސާގެ އިނާމެެއް ވަނީ ހުށަހަޅާފައެވެ.
މި މުބާރާތުގެ ޕްރިންޓިން ޕާޓްނަރ އަކީ ޕްރިންޓެކް އެވެ. އަދި ބެވަރޭޖެސް ޕާޓްނަރ އަކީ ވޯޓަރ ޑެކް ރެސްޓޯރެންޓެވެ.
ގުޅުންހުރި
![ތިނަދޫގައި މިމަހު ބާއްވާ 13 ވަނަ މަކިޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕަށް އޮފިޝަލުން ހޯދަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F10%2F305765653_558668889392474_3142011967688722380_n.jpeg&w=3840&q=75)
ތިނަދޫގައި މިމަހު ބާއްވާ 13 ވަނަ މަކިޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕަށް އޮފިޝަލުން ހޯދަނީ
![ހަވަރު ސްޕޯޓްސްގެ ހަތަރު ވަނަ ދައުރުގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބުކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F08%2F80DF6E83-C451-452A-9935-A3F52053F717.jpeg&w=3840&q=75)
ހަވަރު ސްޕޯޓްސްގެ ހަތަރު ވަނަ ދައުރުގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބުކޮށްފި
![މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ސެމީ ފައިނަލް މިރޭ!](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F07%2FGMG_2380.jpg&w=3840&q=75)
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ސެމީ ފައިނަލް މިރޭ!
![މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ގްރޫޕް ސްޓޭޖު ނިމި، ބީސީ ހަބޭސް އާއި އައުޓްލޯޒްވެސް ސެމީއަށް](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F07%2FGMG_2571.jpg&w=3840&q=75)