logoEN
cocacola

ގާފު މީޑިއާ ގްރޫޕުގެ ދަށުން ހިންގާ ގާފު އޮންލައިންގެ ކުޅިވަރު ކޮމްޕޯނެންޓް, "ގާފު ސްޕޯޓްސް" މިރޭ ލޯންޗުކޮށްފިއެވެ.

ގޮސިޔާ

ގދ. ތިނަދޫ އިޖްތިމާއީ މަރުކަޒުގެ ބެޑްމިންޓަން ކޯޓުގައި މިރޭ ބޭއެްވި ރަސްމިއްޔާތުގައި "ގާފު ސްޕޯޓްސް" ލޯންޗްކޮށްދެއްވީ ގދ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣްނީއެވެެ.

ގާފު ސްޕޯޓްސްގެ މަގްސަދަކީ އެކި ކުޅިވަރުތައް ދިރުވައި އާލާކޮށް ހުވަދު އަތޮޅުގައި ކުޅިވަރުގެެ ރޫހު އާލާކުރުމެވެ. ގާފު ސްޕޯޓްސް ލޯންޗުކޮށްފައިވަނީވެސް ބެޑްމިންޓަން މުބާރާތަކާއެކު އެވެ. މިރޭގެެ ރަސްމިއްޔާތުގައި "ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް"ވެސް ވަނީ ފަށާފައެވެ.

ގާފު މީޑިއާ ގްރޫޕްގެ ޗީޕް އޮޕަރޭޓިން އޮފިސަރ, އަހުމަދު ޝުރާއު ޙަސަން ވިދާޅުވި ގޮތުގައި ގާފު ސްޕޯޓްސްގެ ދަށުން ހުވަދު އަތޮޅުގެ އެކި ރަށްރަށުގައި އާއި އަތޮޅު ފެންވަރުގައި ކުޅިވަރު މުބާރާތްތައް ބޭއްވުމަށް ވަނީ ރޭވިފައެވެ. އެގޮތުން ފުޓުބޯޅައާއި, ފުޓްސަލް އަދި އެ ނޫންވެސް އިތުރު ކުޅިވަރު މުބާރާތްތައް ކުރިއަށް އޮތް ތަނުގައި އިންތިޒާމުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށްވެެސް ޝުރާއު ވިދާޅުވިއެވެ.

"ގާފު އޮންލައިން" އަކީ މިހާރު ހުވަދު އަތޮޅުގެ އެންމެ މަގުބޫލު އޮންލައިން ނޫހެވެ. ގާފު އޮންލައިންގެ މަގްސަދަކީ މުޅި ހުވަދު އަތޮޅުގެ ޚަބަރުތައް އެންމެ ތާޒާ ކަމާއެކު އެންމެ އަވަހަށް ކިޔުންތެރިންނާ ހަމައަށް ގެެނެސްދިނުމެެވެ. އެގޮތުން އަތޮޅުގެ އެކި ރަށްރަށުން "ރަޓު ރިޕޯޓަރުން" ނަގައި, އަތޮޅު ތެރޭގެ ކަންކަން އެންމެ ގާތުން, ތާޒާ ކަމާއެކު ގާފުން އަންނަނީ ގެނެސްދެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ