logoEN
cocacola
އިންޑިއާ ކަރަންސީ ސްވޮޕަށް ނެގި 400 މިލިއަން ޑޮލަރު ދައްކައިފި

އިންޑިއާ ކަރަންސީ ސްވޮޕަށް ނެގި 400 މިލިއަން ޑޮލަރު ދައްކައިފި

އައިޝަތު އިފާޝާ

logo

3/10/2022, 3:18:55 PM

# އެމްއެމްއޭ# އިގްތިސާދު

l_2020_04_28_041121_1i9nyfwhs2g7xo3vpcr8lqkt64azu5edmjb_EN_

އިންޑިއާގެ މަރުކަޒީ ބޭންކު، އާރުބީއައި އިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހަމަޖެއްސި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕަށް ފައިސާ ދައްކައި ޚަލާސްކޮށްފިއެވެ.

ގޮސިޔާ

އެމްއެމްއޭއިން ބުނީ ނިމުނު އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބިލިއަން ޑޮލަރު ހުރި ދައުލަތުގެ ރިޒާވު ދަށްވީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) ގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދެއްކުމުން ކަމަށެވެ. އެ ފެސިލިޓީ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ގައުމުން ހަމަޖައްސައިދިން 1.4 ބިލިއަން ޑޮލަރުގެ އިގުތިސޯދީ ޕެކޭޖުގެ ތެރޭގައި ހިމެނޭ ފެސިލިޓީ އެކެވެ.

މި 400 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު ދެއްކީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. ޑިސެމްބަރު މަހު ދެއްކީ ބާކީ ހުރި 250 މިލިއަން ޑޮލަރެވެ. މި ފައިސާ ދެއްކުމުން މިހާރު އެ ކަރަންސީ ސްވޮޕުގެ ދަރަނި އަދާކޮށް ނިމުނީ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ޖުލައި 22 ގައި ސޮއި ކުރި އެ އެއްބަސްވުމުގެ ދަށުން ކަރަންސީ ސްވޮޕަށް ފައިސާ އަނބުރާ ދައްކަން ޖެހެނީ އިންޓްރެސްޓަކާ އެކީ އެވެ. އެހެންކަމުން އަނބުރާ ދެއްކި އަދަދު 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު ވާނެ އިރު އެމްއެމްއޭއިން ނެރުނު ކުއާޓަލީ ބުލެޓިންއަކުން އެ އަދަދު ސާފެއް ނޫނެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ކުއާޓަލީ ބުލެޓިންގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ދައުލަތުގެ ރިޒާވުގައި 1.01 ބިލިއަން ޑޮލަރު ހުއްޓެވެ.

އަހަރުގެ ފަހު ކުއާޓަރުގައި 250 މިލިއަން ޑޮލަރު ދެއްކުމުން ރިޒާވު ފައިސާ ވަނީ 791.2 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިއީ ކުއާޓަރުން ކުއާޓަރަށް ބަލާނަމަ 20 ޕަސެންޓު ދަށްވުމެކެވެ. ފައިސާއިން ނަމަ 225.5 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ