
breaking ބްރޭކިންގް
އައްޑޫ ސިޓީގައި މިރޭ ދެވަނަ އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ކޮންޓްރޯލް ނުވެ ފާރަކަށް އަރައިގެންނެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ އާރްއޭއެފް ސަރަހައްދުގައި ހަދަމުން އަންނަ ޕޮލިސް ޓްރެއިނިން ސްކޫލުގައި ފާރުގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކްސިޑެންޓުގައި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
އާރްއޭއެފް ސަރަހައްދުގައި އެކްސިޑެންޓެއް ހިނގާފައިވާއިރު، ހިތަދޫ ލިންކް ރޯޑުގައި ވެސް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައިގެން ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. އެ އެކްސިޑެންޓުގައި ކާރުގައި އިން މީހަކަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ނަމަވެސް މި ދެ އެކްސިޑެންޓާ ގުޅިގެންވެސް ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ގުޅުންހުރި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ގެ މެޑިކަލް އިންޓަރންޝިޕް ފުރުޞަތު ހުޅުވާލައިފި

އައްޑޫ ސިޓީ ލިންކް ރޯޑް މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އާރްޑީސީއަށް!

އައްޑޫ އާރިކިޅި ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
