
ހަވަރު ޔޫތް ކަޕް 2020 - ޓީމުތަކުގެ މެދުގައި ގުރުއަތުލުން ބާއްވައިފި
# ހަވަރު ޔޫތް ކަޕް 2020# ހަވަރު ސްޕޯޓްސްDSC_5901
މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ތިނަދޫ ސްޓޭޑިއަމްއިން ހަވަރު ސްޕޯޓްސްއާއި ގުޅިގެން ބާއްވާ "ހަވަރު ޔޫތް ކަޕް 2020" ގައި ބައިވެރިވެފައިވާ ޓީމްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައިފިއެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވެއެވެ. އެ ޓީމުތަކުގެެ މެދުގައި ގުރުއަތުލުން ބާއްވާފައިވަނީ ތިނަދޫގައި ހުންނަ ޒިމަމަން ރެސްޓޯރެންޓުގައެވެެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް ގުރުއަތުން ރޭވުނު ގޮތް:
ގްރޫޕް A
ޑީއެފްސީ (ގދ. ތިނަދޫ)
އާރުއެފްސީ (ގދ. ތިނަދޫ)
ކާޑެއްދޫ އެފްސީ (ގދ. ކާޑެއްދޫ)
ހޯޑެއްދޫ އެފްސީ (ގދ. ހޯޑެއްދޫ)
ގްރޫޕް B
އެފްސީ ނޯޗޮއިސް (ގދ. ތިނަދޫ)
އެފްސީ ނޮދަރން ސްޓަރ (ގދ. ތިނަދޫ)
ފޮއިނިކްސް އެފްސީ (ގދ. ގައްދޫ)
މަޑަވެލި އެފްސީ (ގދ. މަޑަވެލި)
ހަވަރު ޔޫތް ކަޕް 2020 ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 25 ވަނަ ދުވަހުގެ ހަވީރުއެވެ. އަދި މުބާރާތުގެ މެޗުތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ހަވަރު ސްޕޯޓްސް ކަމަށްވާއިރު އޮންލައިން މީޑިއާ ޕާާޓްނަރަކީ ގާފު އޮޮންލައިންއެވެ.