logoEN
Sto top
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭ ހުށަހެޅުން މަޖިލީހަށް!

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭ ހުށަހެޅުން މަޖިލީހަށް!

# ގދ. ތިނަދޫ ކައުންސިލް# ލޯކަލް ގަވާމަންޓް އޮތޯރިޓީ# ގދ.ތިނަދޫ# ރައްޔިތުންގެ މަޖިލިސް

Gdh.thinadhoo

ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެރަށު ކައުންސިލުން އެލްޖީއެއް ފޮނުވި ހުށަހެޅުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

Wamco

ލޯކަލް ގަވާމަންޓް އޮތޯރިޓީން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި ރަށު ކައުންސިލުން އެދިފައިވާ އެދުމަށް "ހައްލެއް ހޯދައިދިނުމަށް" އެ އޮތޯރިޓީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

މި އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން "ތިނަދޫ ރަށު ކައުންސިލު ސިޓީ ކައުންސިލަކަށް ބަދަލުކުރުމަށް" ހުށަހަޅުއްވާފައިވާ ލިއުންތަކާއި ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު ތިޔަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއި މަޝްވަރާ ކުރެއްވުމަށްފަހު މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. --- ލޯކަލް ގަވާމަންޓް އޮތޯރިޓީން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީ

އެ ސިޓީގައި އެލްޖީއޭއިން ވަނީ، އެ ހުށަހެޅުމާ ގުޅޭ ގޮތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ މަޝްވަރާ ކުރުމަށްޓަކައި އެ ކޮމެޓީއާއެކު ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދި ދަންނަވާފައެވެ. އެލްޖީއޭއިން މަޖިލީހަށް މި ކަމާ ގުޅޭ ސިޓީ ފޮނުވާފައިވަނީ އިއްޔެ (09 ފެބްރުއަރީ 2022) އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެ ރަށު ކައުންސިލުން މަސައްކަތް ފަށާފައިވާއިރު، މިއީ އެ މަސައްކަތަށް ލިބިގެންދިޔަ ކާމިޔާބީއެކެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެވޭނީ ރައްޔިތުންގެ މަޖިލީހުން އެކަން ނިންމައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އެކަން ތަސްދީގުކުރެއްވުމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC