logoEN
cocacola
ޒުވާން ލޯބި - 08

ޒުވާން ލޯބި - 08

Admin

logo

12/18/2020, 9:46:16 PM

# ވާހަކަ# ޒުވާން ލޯބި

Zuvaan loabi

ހަތްވަނަ ބައިގެ ތެރެއިން... ދެކޮޅުން ދެ މަންމައިންވެސް އެމީހުންގެ ހިތުގެ އެތިކޮޅާއިމެދު، ލޮލުގެ ކޮޔާމެދު ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. ހާސްވެ ދެރަވެފައެވެ. އެމީހުންގެ ދަރިންގެ ހިތުގެ ހާލަތު ނޭނގޭ ހާލުގައެވެ. ޒުވާން ދެކުދިންގެ ހިތްވެސް ގޮވަމުންދަނީ އެކަކު އަނެކަކުގެ ނަމެވެ. ކޮންމެ ވިންދަކުންވެސް ނިކުންނަނީ އެއް ރާގެކެވެ. އެއް ލަވައެކެވެ. އެއް ތަރާނާ އެކެވެ.

ގޮސިޔާ

'ދެހިތް ފައްތަރުވީ ޔާރާ ދިން ހިމޭން ލޯބިން ނޫންހޭ؟ އިޝްޤް ޙާޞިލްވީ ފަހުން އަދިވެސް ސަޒާ ދޭންވީހޭ؟'

ދެކޮޅުން ދެ މަންމައިންވެސް އެމީހުންގެ ހިތުގެ އެތިކޮޅާއިމެދު، ލޮލުގެ ކޮޔާމެދު ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. ހާސްވެ ދެރަވެފައެވެ. އެމީހުންގެ ދަރިންގެ ހިތުގެ ހާލަތު ނޭނގޭ ހާލުގައެވެ. ޒުވާން ދެކުދިންގެ ހިތްވެސް ގޮވަމުންދަނީ އެކަކު އަނެކަކުގެ ނަމެވެ. ކޮންމެ ވިންދަކުންވެސް ނިކުންނަނީ އެއް ރާގެކެވެ. އެއް ލަވައެކެވެ. އެއް ތަރާނާ އެކެވެ.

'ދެހިތް ފައްތަރުވީ ޔާރާ ދިން ހިމޭން ލޯބިން ނޫންހޭ؟ އިޝްޤް ޙާޞިލްވީ ފަހުން އަދިވެސް ސަޒާ ދޭންވީހޭ؟'

"ޒީނަތު" ސްކޫލް ގޯތިތެރޭގައިގައި ސިމެންތިން ހަދާފައިވާ ބެންޗެއްގައި އެކަނިމާއެކަނި އިށީންދެގެން އިން ޒީނަތަށް މީހަކު ގޮވާލިހެން ހީވެގެން އަތުގައި އޮތް ފޯނުގެ ސްކްރީނަށް ހުއްޓާލާފައިވާ ނަޒަރު ކަސިޔާރުކޮށްލި އެވެ. އިސްއުފުލައި ބަލައިލި އެވެ. ކުރިމަތީގައި ހުރީ ޒަކީ އެވެ. ޒަކީ ގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަން ޒީނަތަށް ނޭނގުނަސް ޚުދު ޒީނަތު ވެސް އިނީ ނުތަނަވަސް ޚިޔާލެއްގައި އިނދެ ފޯނާކުޅޭށެވެ.

"ޒީނަތުގެ ހެލްޕެއް ބޭނުންވޭ އެބަ." ރަހުމަތްތެރި އާހިލް އާއިމެދު ކަންބޮޑުވެފައިހުރި ޒަކީ ބުންޏެވެ. ޒީނަތު އާނއެކޭ ބުނުމަށް ބޯ ޖަހައިލި އެވެ. ހީވާކަހަލަ އެވެ. ޒީނަތަށް ޒަކީގެ ހިތުގެ އަޑު ހަމަ ރަނގަޅަށްވެސް އެނގެނީއެވެ.

ޒަކީ އިށީންނާނެ ޖާގަ ޒީނަތު ދެއްކި އެވެ. އިށީންދެ ހަމަޖެހިލަމުން ޒަކީ ވާހަކަދައްކަން ފެށިއެވެ.

"އެނގެއެއްނު އާހިލް އާ އާއިމާގެ ކަންތައްގަނޑު ދޯ؟" ދޯ އަކުން ޒަކީގެ ސުވާލުތައް ފެށިއެވެ.

"ހޫމް." ފަރުވާކުޑަ ރާގަކަށް ޒީނަތު ހޫނ އަޅައިލި އެވެ.

"ހެއްވާ ދެމީހުންނެއް އެއީ. ދެމީހުންވެސް ތިބީ އެކަކުއަނެކަކުދެކެ ވާ ލޯބީގެ ބޮޑުކަމުން ހިތުގެ ބަލިޖެހިފަ. އެކަމަކުވެސް އެކަކުވެސް އެ ލޯބި ހާމަކުރާކަށް ނޫޅޭ. އަދި އެނގޭތަ؟ އެ އާއިމާ ވާ ލޯބިވާކަން އެބަ އަންގާތާ!..... އާހިލް އެ އުޅެނީ އެކަންވެސް ފޮރުވައިގެން. މިކަންތައްގަނޑު ކޮޅެއްގަ ޖައްސަން އަހަރުން ވެއްޖެއެއްނ ކޮންމެވެސް ރޮކެޓެއް ޖަހަން." ޒަކީ ގެ ހިތުގައި ހުރި ވާހަކަތައް ފައްޗަކަށް އަމުނާލިއެވެ. ޒަކީގެ ވާހަކަތައް ޒީނަތު ވެސް ޤަބޫލުކުރެއެވެ.

އިރުކޮޅެއްވާންދެން ޒަކީ އާއި ޒީނަތު ވާހަކަދައްކަން ތިބުމަށްފަހު ދެމީހުންވެސް ކުލާހަށް ދިޔައީ އާހިލް އާއި އާއިމާގެ ކުލަނެތް ގުޅުމުގައި ލޯބީގެ ކުލަތައް ޖެއްސުމަށް ގޮތެއް ރާވާފައެވެ.

"ދައްތާ. އޭނަ އޯކޭ ވާނޭ." އެއްވެސް ހާލެއް ނެތި ދެލޯ މެރިފައި އޮތް އާހިލް އަށް ބަލައިލަމުން ޒަކީ ބުންޏެވެ. އާހިލް ލޯ ހުޅުވައިލެވޭހާ ވަރެއް ގައިގައި ނެތިފައި އޮންނަތާ މިހާރު 5 ދުވަސް ވެއްޖެ އެވެ.

"ކިހިނެތް؟ ކުއްލިއަކަށް އަހަރެންގެ ދަރިފުޅަށް ކީއްތަ ވެގެން މިއުޅެނީ؟" ދޮންފޫޑު ވެފައިވާ އާހިލްގެ މޫނަށް ބަލައިލާފައި ރޮއެގަންނަމުން އާހިލް ގެ މަންމަ ޝަޤްފުތާ ބުންޏެވެ.

"ދައްތަ ކައިރީ އަޅުގަނޑު ހުރިހާ ވާހަކައެއް ކިޔައިދޭނަން. އެކަމަކު އިހަށް ދައްތަ މިތަނުން ދިޔައިއްޔާ އަޅުގަނޑަށް ވަރަށް ރަނގަޅު." ކިތައްމެ އުނދަކޫ ކަމަކަށް ވިޔަސް އާހިލްގެ މަންމަ ކުރެން ޒަކީ އެދުނެވެ. އެއަށްފަހު އެނދު ކައިރީގައި ހުރި ސޯފާގައި އިން އާހިލްގެ ބައްޕައާ ދިމާއަށް ޒަކީ އެނބުރުނެވެ. އާހިލް ބައްޕަވެސް އިނީ ދަރިފުޅުގެ ހާލާއިމެދު ބައްޕައަކު ކަންބޮޑުވާނެ އެންމެ ބޮޑަކަށް ކަންބޮޑުވެފައެވެ.

"ބޭބޭ. އަޅުގަނޑަށް އިތުބާރުކުރައްވަ. އާހިލް ރަނގަޅުވާނެޔޭ. ހަމަ އެންމެ 5 މިނެޓަށް ބޭބެމެން މިތަނުން ނިކުމެދެއްވިއްޔާ އަޅުގަނޑަށް ވަރަށް ރަނގަޅު." ޒަކީ ގެ އެދުމަށް އާނއެކޭ ބުނުމަށް ބޯޖަހައިލި އެވެ.

އުފަން ދަރިއަކަށް އިތުބާރުކުރާ ފަދައިން ޒަކީ އަށް އާހިލްގެ މަންމަ އާއި ބައްޕަ އިތުބާރުކުރެއެވެ. އޭގެ ދެމަފިރިން ކޮޓަރިން ނިކުމެއްޖެ އެވެ. އާހިލް އޮތް އެނދުގެ މަގަތުގައި އިށީންނަމުން އާހިލް ކައިރީގައި ޒަކީ އިށީންދެ ހަމަޖެހިލި އެވެ. ހުމާ ރަތްވެފައިވާ އާހިލްގެ ހޫނު އަތުގައި ޒަކީ ހިފައިލި އެވެ. ހީވީ ހޫނު ރޮށްޓެއްގައި އަތްލެވުނުހެންނެވެ. ޒަކީގެ ޖީންސް ޖީބުން މޯބައިލް ފޯނު ނަގައި ނަންބަރަކަށް ޑައިލްކޮށްލި އެވެ. އަނެއްކޮޅުން ފޯނު ނަގަންދެން އިންތިޒާރު ކުރަން ފެށިއެވެ.

"ހެލޯ." އެކޮޅުން ފޯނު ނެގުމާއެކު ޒަކީ ބުންޏެވެ.

"ކޮބާ ރެޑީތަ؟" ޒަކީ އަހައިލި އެވެ.

"ޔެސް." ޒަކީ އަށް ލިބުނީ އޭނާ ބޭނުންވާ ޖަވާބެވެ.

ޒަކީ ގެ ކަންފަތުން ފޯނު ނައްޓައިލައި އާހިލްގެ ކަންފަތުގައި ޖެއްސި އެވެ. އަނެއްކޮޅުން ޒީނަތު އިނީ އާއިމާގެ ކަންފަތުގައި ފޯނު ޖައްސައިގެންނެވެ. ދެމީހުންނަށްވެސް ތިބެވުނީ ވާނުވާގަ އެވެ. ނަމަވެސް އެކަކު އަނެއްކެއްގެ ނޭވާގެ އަޑު ދެމީހުންނަށްވެސް ހަމަ ރަނގަޅަށް އިވެމުންދިޔައެވެ. ފޯނުގެ ޒަރީޢާއިން ދެމީހުންނަށްވެސް އިވެމުންދަނީ ނޭވާގެ އަޑެވެ. ހީވާކަހަލައެވެ. ދެމީހުންނަށްވެސް އެ ނޭވާތަކުން ބުނެދެމުން ދިޔަ ވާހަކަތައް ހަމަ ރަނގަޅަށްވެސް މޭރުންވެ އެވެ.

"ދެންވެސް ހޭލަބަލަ." ފެންކަޅިވެފައިވާ ދެލޮލުން އާހިލް އަށް ބަލަންހުރެ ޒަކީ ބުންޏެވެ. އެވަގުތު އާހިލްގެ ލޮލަށް ހަރަކާތެއް އަންނަމުންދިޔަކަން ޒަކީއަށް ފާހަގަކުރެވުނެވެ. ލޮލުގެ އެ ހަރަކާތާއިއެކު އާހިލްގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ.

"ދެން ތިހެން ނޯވެ ތެދުވެބަލަ." އަނެއްކޮޅުން އާއިމާގެ މެރިފައިވާ ދެލޮލަށް މަޑުމަޑު ހަރަކާތެއް އައިތަން ފެނުމުން ޒީނަތު ބުންޏެވެ.

"އާ....އާއިމާ." އާހިލްގެ ތުރުތުރު އަޅައަޅާ އޮތް ތުންފަތުން އާއިމާގެ ނަން މަޑުމަޑުން ކިޔައިލި އެވެ. އެވަގުތު އާހިލްގެ އަޑު ޖެހުމާއެކު އާއިމާ ގެ އެސްފިޔަތަކަށް އަވަސް ހަރަކާތެއް އަތުވެއްޖެ އެވެ.

"އާ....އާހިލް." އަރުބެދިފައިވާ އަޑަކުން އާއިމާގެ ދުލުން އާހިލަށް ގޮވައިލުމާއެކު އާހިލްގެ އެސްފިޔަތައްވެސް ހަރާތްކުރަން ފެށިއެވ.

ޒަކީ އާއި ޒީނަތުގެ މޫނުމައްޗަށް އުޖާލާކަން ވެރިވެގެން ދިއުމާއެކު ދެމީހުންގެ ލޮލުންވެސް ފެން އައެވެ. ދެކޮޅުން، ދެމީހުންވެސް ތިބީ އުފަލުން ފޮޅިފައެވެ. ދެމީހުންގެ އެންމެ ގާތް ދެ ރަހުމަތްތެރިންގެ ހޭވެރިކަން އައިމައެވެ. އާއިމާ އާއި އާހިލްގެ ލޮލުންވެސް އުފާވެރިކަމުގެ ކަރުނަ ތިއްކެއް އެމީހުންގެ ކޯތާފަތް މައްޗަށް ވެއްޓުނީ އުފަލުން އެ ކޯތާފަތުގައި ބޮސްދިނުމަށެވެ.

"ކޮބާ އޯކޭތަ؟" އަނެއްކާވެސް އާހިލް ގެ ލޯ މެރިގެން ދިޔަތަން ފެނިފައި ޒަކީއަށް އަހައިލެވުނެވެ.

"އެގޮލާ ދެން އޯކޭ ވާނެ" ޒަކީގެ ކަންފަތުގައި ފޯނު ޖައްސަމުން ޒީނަތު ކައިރީ ބުންޏެވެ.

"އާއިމާ ވެސް." ޒަކީގެ ޖުމްލަ އަށް ޒީނަތު ވެސް ދިނީ އުފާވެރި ޖަވާބެކެވެ.

ކޮޓަރިން ޒަކީ ނިކުންނާނެ ވަގުތެއްގެ އިންތިޒާރުގައި އާހިލް ގެ މަންމަ އާއި ބައްޕަ ތިއްބާ ކުއްލިއަކަށް ޒަކީ ނިކުމެއްޖެއެވެ.

"ދައްތަ މެން ދެން ތިހެން ކަންބޮޑުވެފަ ނުތިބޭ. މިހާރު ހުރިހާކަމެއްވެސް ހަމަޖެހިއްޖެ." އުފަލުންގޮސް ޒަކީ އަށް ކިޔޭނުކިޔޭ އެއްވެސް ނޭނގޭ ކަހަލަ އެވެ.

"އަލްޙަމްދު ލިﷲ. ހަމަ ތެދެއްތަ؟" އާހިލްގެ މަންމަ ޝަޤްފުތާ އަށް ލިބުނު ހައިރާންކަމާއެކު ބުނެލެވުނެވެ.

ކަންހިނގައިދިޔަ ގޮތް އަލިފުން ޔާއަށް އާހިލްގެ މަންމަމެންނަށް ޒަކީ ކިޔައިދިނެވެ. އެވަރުގެ ބޮޑު ކަންތައްގަނޑެއްގައި އާހިލް އުޅުނުއިރު އެކަން އެމީހުންނަށް ރޭކައިނުލީތީ އަމިއްލަ ނަފުސު ކުށްވެރިކުރި އެވެ.

"މިއީ މިވީގޮތަކީ. ދައްތަ މެންގެ އާހިލް އަށް ލޯބިވެވުނީ. މޮޔަވާވަރަށް، އެހާމެ ފުން ސާފު ލޯތްބެއް ވެވި އެ ލޯބީގެ ކަނޑަށް ހުސްއަތާ ޣަރަޤް ވެވުނީ. އަހަންނަކީ އެ ހުރިހައި ތަނެއް ދެކުނު މީހާ." ވަރަށް ފޮނިވެލަމުން ސަކަ ގޮތަކަށް ޒަކީ ބުންޏެވެ.

"އެކަމަކު އާހިލް އަށް އެ ހުރުވުނީ މަގުބެދި ތާށިވެވިފަ. އާހިލް ގެ އަމިއްލަ ނަފުސަށް އެންމެ ތަކްލީފު ލިބެމުންދަނީ އާހިލް އަށް ހީވަނީ އާހިލަކީ ރަނގަޅު މުސްލިމެއް ނޫންކަމަށް. އެހެން އާހިލް އަށް ހީވަނީ އާއިމާ ދެކެ ހައްދެއް ނެތް މިންވަރަށް ލޯބިވެވުނީމަ. އާހިލް ހީކުރަނީ ދީނުގައި އަންގަވާފަ އޮންނަގޮތަށް ބެލުންތިރިކޮޮށްގެން އުޅުމުގެ އިމްތިހާނުން އާހިލް ފެއިލްވެފައިވާކަމަށް. މާތް ރަސޫލާ އެންގެވިގޮތަށް ނޫޅެވޭ ކަމަށް. އާހިލް ހީކުރަނީ ކުއްޖެއް ދެކެ ލޯބިވެވުމަކީ ރޮނގު ފަހަނައަޅައި ދެވުނީކަމަށް. އާހިލް ހީކުރަނީ އާހިލްގެ ހިތުގައި އާއިމާ އަށް ލޯބިޖެހިފައިވުމުން މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އާހިލް ދެކެ ރުހިވޮޑިގެން ނުވާނެ ކަމަށް." ޒަކީ ހުރިހައި ވާހަކައެއް ކިޔައިދީ ނިމުނުއިރު ޝަޤްފުތާ އަށް ހުރެވުނީ ޝޮކެއްގެ ތެރޭގައެވެ.

"ކޮންމެ ދުވަހަކުވެސް އާހިލް ގެންދަނީ އޭނާގެ އަމިއްލަ ނަފުސާ ހަނގުރާމަ ކުރަމުން. އާހިލްގެ ހިތް ރޮއެ އާދޭސްކުރަމުން ދިޔައިރުވެސް އެންމެ ފަހަރަކުވެސް އާއިމާ އަށް އާހިލް ބަލައިވެސްނުލާ. އެކަމުގެ ސަބަބުން އާހިލް އަށް މާތްﷲ އަށް ކުއްތަންވެވޭ މިންވަރު ދިޔައީ އިތުރުވަމުން. އެކަމަކުވެސް އާހިލް އަށް ނުވިސްނޭ ކަމަކީ އާއިމާ އާއިމެދު އާހިލްގެ ހިތުގައި ސާފުޠާހިރު ލޯބީގެ ޖަޒުބާތު ލެއްވެވީ ހަމަ އެކަލާންގެކަން." އަނެއްކާވެސް ޒަކީ އިތުރު ތަފްޞީލް ދިނުމަށްފަހު އިށީންދެ ހަމަޖެހިލި އެވެ.

"ދައްތައަށް އެނގޭތަ. އެ ދެމީހުންގެ ހިތްވެސް ވަނީ ގުޅިލާމެހިފަ. ދެމީހުންނަކީވެސް މާތްﷲ އެންގެވި މަގުގައި ސާބިތުވެތިބި މައުސޫމު ދެކުދިން. އަހަރެން ދެކޭގޮތުން އެމީހުންގެ ހިތުގައި އެކަކު އަނެކަކާމެދު ކުލުނުވެރިކަން އެކަލާންގެ ލެއްވެވީ އެހެންވެގެން. ދެމީހުންނަކީ ހަމަ އެއްކަހަލަ ދެމީހުން. ދެމީހުންވެސް އެއްވެސް ގޯހެއް ހަދާފައެއް ނެތް. ހެދި ހަމައެކަނި ގޯހަކީ މި ޒުވާން ލޯތްބަކީ ގޯހެއްކަމަށް ދުށުން. މިއީ އެމީހުންގެ ލޯތްބާއި އީމާންތެރިކަމުގެ ޓެސްޓެއް." ބޮޑު ފަލްސަފާވެރިއެއް ފަދައިން ޒަކީ ވާހަކަދެއްކި އެވެ. ޒަކީގެ ވާހަކަތައް އަޑުއަހަންތިބި އާހިލްގެ މަންމައާއި ބައްޕައަށް ތިބެވުނީ ދެން ކަންކުރާނެ ގޮތަކާމެދު ވިސްނުމުގެ ފުން ކަނޑެއްގައި ފަތަފަތާ އެވެ.

(ނުނިމޭ)

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ