
EpGzCYUU8AMhqQI-2048x1349
ޔުނިސެފުން ރާއްޖެއަށް 420 ލެޕްޓޮޕާއި، ދަރިވަރުން ކިޔެވުމަށް ބޭނުންވާ 2726 ފޮތާއި ޑިސްިންފެކްޓްކުރުމަށް ބޭނުންވާ 2903 ސާމާނު އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ.

ޔުނިސެފްގެ ފަރާތުން މި ތަކެތި ރާއްޖެ އަށް ހަދިޔާކޮށްދެއްވީ ޔުނިސެފުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. މުނީރު ސަފީލްދީންއެވެ. އަދި މިނިސްޓްރީގެ ފަރާތުން އެތަކެއްޗާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ އެވެ.
މިތަކެއްޗާއި ހަވާލުވެވަޑައިގެން މިނިސްޓަރ ވަނީ މިފަދަ ދަނޑިވަޅެއްގައި ޔުނިސެފުން ރާއްޖެއަށް ހަދިިޔާކުރެއްވި ތަކެތިގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑު ފައިދާއެއް ވާނެކަން ފާހަގަކުރައްވާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޔުނިސެފުން ކެނޑިނޭޅި ވަމުން އަންނަ އެހީތެރިކަމަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލާ، މި ޙާލަތުގައިވެސް ދަރިވަރުންނަށް ބޭނުންވާ ތަޢުލީމުގެ ކަންކަން ފުރިިހަމަކޮށްދިނުމުގައި އެޑިއުކޭޝަން މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ޔުނިސެފުން އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ޔުނިސެފުން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ 22 ސްކޫލެއްގައި 44 ހޭންޑްވޮޝިންގް ޤާއިމުކޮށްދީފިއެވެ.
ގުޅުންހުރި

ގްރޭޑް 10 ގެ ދަރިވަރުންނަށް 'އެންޓި-ބުލީންގް އެންޑް މެންޓަލް ވެލް-ބީންގް' ޕްރޮގްރާމް ފަށައިފި

މިއަހަރު ރާއްޖޭގައި އޭލެވެލް އެޑެކްސެލް މޭ/ޖޫން ސީރީސްގެ އިމްތިހާނުތައް އަލުން ފަށަނީ

"ބިންގާ" ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ފަށައިފި




