![”އަންތިމް“ގައި ސަލްމާން ޚާން ހުންނާނެ ގޮތުގެ ވީޑިއޯއެއް!](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F12%2Funnamed.jpg&w=3840&q=75)
unnamed
ސަލްމާން ޚާން ފިލްމްސް އިން ޕްރޮޑިއުސް ކޮށްގެން ނެރޭ ”އަންތިމް- ދަ ފައިނަލް ޓްރުތު’ގައި ސަލްމާން ޚާން ހުންނާނެ ގޮތުގެ ފަސްޓްލުކެއް އާއްމުކޮށްފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ސަލްމާން ޚާން އާއި އަޔުޝްމަން ޝަރްމާ ލީޑްކުޅޭ ފިލްމަކީ މީގެ ކުރިން އިންޑިޔާގެ ސިނަމާގައި ފެނިފައި ނުވާފަދަ ވަރުގަދަ ދެ ކެރެކްޓަރ އެއް ފެނިގެންދާނެ ވާހަކައެއް ގެނެސްދޭނެ ފިލްމެކެވެ.
”އަންތިމް- ދަ ފައިނަލް ޓްރުތު’ އަކީ 2018 ވަނަ އަހަރު ރިލީޒް ފިލްމެއްކަމަށްވާ މަރާތީ ކްރައިމް ޑްރާމާ ”މުލްޝީ ޕެޓަރން“ގެ އެޑްޕްޓޭޝަނެކެވެ.
މި ފިލްމުގައި ސަލްމާން ޚާން ހުންނާނެ ގޮތް ބަލަން ކެތްމަދުވެފައި ތިބި ފޭނުންނަށް އަޔުޝްމަން ޝަރްމާ މިވަނީ ސަލްމާން ޚާންގެ ފަސްޓްލުކެއް އިންސްޓަގްރާމް ގައި ހިއްސާކޮށްފައެވެ.
https://www.instagram.com/p/CIlKF7PFbwv/?utm_source=ig_embed
އަންނަ އަހަރު ރިލީޒް ކުރުމަށް ތައްޔާރުވާ ފިލްމް ”އަންތިމް“ ގެ ޑައިރެކްޓަރ އަކީ މަހޭޝް މަންޖްރެކަރް އެވެ.