
މުޅިހުވަދޫގެ ތަރައްޤީ އަދި އިޤްތިސާދު ގުޅިފައިވަނީ ކާޑެއްދޫ އެއާރޕޯރޓައި : ފިރުޝާން
# ކާޑެއްދޫ# މެމްބަރ ހުސައިން ފިރުޝާން67636735_481954702355151_6956111294386667520_o
މުޅިހުވަދޫގެ ތަރައްޤީއާއި ކުރިއެރުން އަދި އިޤްތިސާދު ގުޅިފައިވަނީ ގދ.ކާޑެއްދޫ އެއާރޕޯޓައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލިދާއިރާގެ އިއްޒަތްތެރި މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މެމްބަރު ފިރުޝާން މިހެން ވިދާޅުވެފައިވަނީ ކާޑެއްދޫ އެއާރޕޯޓާއި ގުޅޭގޮތުން މިއަދު ގާފުގެ ކޮލަމަށް ކުރީގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ލިޔެދެއްވި ލިޔުމެއް ރިޓްވީޓް ކުރަމުންނެވެ.
ކާަޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގެ ވަޢުދެއްކަމަށްވެސް މެމްބަރ ފިރުޝާންގެ ޓްވީޓް ގައި ވިދާޅުވިއެވެ.
ކާޑެއްދޫގެ އެއަރޕޯޓަކީ ގދ. އަދި ގއ. އަތޮޅުގެ ރައްޔިތުންނާ ގުޅިފައިވާ މުހިންމު ތަނެއްކަމަށާއި، އެ ދެ އަތޮޅުގެ ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައިވީ އެންމެ އަވަހަށް އެއަރޕޯޓު އިންޓަނޭޝަނަލް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި މެމްބަރު ފިރުޝާން ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި ސަރުކާރުން ކާޑެއްދޫ އެއަރޕޯޓު ތަރައްގީކުރާނެ ކަމަށާއި އެކަމާމެދު ޝައްކެތް ނުކުރާ ކަމަށްވެސް މެމްބަރު ފިރުޝާން ވަނީ ވިދާޅުވެފައެވެ.
ކާޑެއްދޫ އެއަރޕޯޓުގެ ތަފާތު އެކި މައްސަލަތައް މީގެ ކުރިން ފެންމަތިވެގެން ގޮސްފައިވާއިރު، އެ އެއަރޕޯޓުން ރަނގަޅު ހިދުމަތެއް ނުލިބޭތީ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއާއެކު ރައީސް ޞާލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު ކާޑެއްދޫ އެއަރޕޯޓަށް ހެޔޮ ބަދަލެއް ގެންނަވައި އެއަރޕޯޓުގެ ހިދުމަތްތައް މިހާރަށް ފުޅާ ކުރައްވާނެކަން ހާމަކުރައްވާފައެވެ.