
ރަސްފަރީ ފަރަށް ލިބުނު ގެއްލުމާއި ގުޅިގެން ޖޫރިމަނާކުރި މައްސަލަ އިސްތިއުނާފުކޮށްފި
# ޖޫރިމަނާ# ރަސްފަރީ ފަރު# އީޕީއޭ# އާގު ބޯޓުbig_4tEGlncAkBA2U13ogG1WDAVWn
އޮގަސްޓް މަހުގެ 19ވަނަ ދުވަހު މާލެ އަތޮޅު ރަސްފަރީ ފަރަށް އާގު ބޯޓެއް އަރައި، ފަރަށް ގެއްލުން ލިބުމުން އެ އާގުބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ ރުފިޔާއިން ޖޫރިމަނާކުރަން ނިންމި މައްސަލަ އެ ބޯޓުގެ ވެރިފަރާތުން އިސްތިއުނާފު ކޮށްފި އެވެ.

އެ އާގު ބޯޓަކީ ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ “ނެވިއޯސް އަމަރީލިސް” ނަމަކަށް ބޯޓެކެވެ.
ރަސްފަރީ ފަރަށް ލިބުނު ގެއްލުންތައް ބަލަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ސާވޭއެއް ވެސް ހެދިއެވެ.
ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ. އެ ސަރަހައްދުތަކުގައި ހުރި މުރަކަތަކާއި އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް ވެސް މަރުވިކަމަށް އީޕީއޭއިން ބުނެއެވެ.
ޖޫރިމަނާގެ އިތުރުން ފަރަށް ލިބުނު ގެއްލުމާއި ދައުލަތަށް ލިބުނު އެހެނިހެން ގެއްލުމުގެ ހިސާބު އެދި އިރު އެ އަދަދު 893 މިލިއަން ރުފިޔާ އަށް އަރައެވެ. އީޕީއޭއިން ބުނެފައި ވަނީ އެ އަދަދު ނުދައްކައިފި ނަމަ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކޮށްދޭން އޭޖީ އޮފީހުގައި އެދޭނެ ކަމަށެވެ.
އެ ސާވޭއަށްފަހު މިފަދަ މައްސަލަތަކުގައި ކުރެވެން އޮންނަ އެންމެ ބޮޑު ޖޫރިމަނާ ކަމަށްވާ 100 މިލިއަން ރުފިޔާއިން ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރުމަށް އީޕީއޭ އިން ނިންމިއެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 893 މިލިއަން ރުފިޔާ ހޯދުމަށް ކޯޓަށް ހުށަހެޅުމަށްވެސް އީޕީއޭއިން ވަނީ ނިންމައިފައެވެ.
އީޕީއޭގެ އެ ނިންމުން އިސްތިއުނާފު ކުރަން ބޯޓުގެ ވެރިފަރާތުން މިހާރު ވަނީ އެންވަޔަރަމަންޓް މިނިސްޓަރަށް ހުށަހަޅާފައެވެ. ބޯޓުގެ ވެރިން ޖޫރިމަނާއާއި ބަދަލު އިސްތިއުނާފަށް ހުށަހަޅާފައިވަނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުންނެވެ.
ގުޅުންހުރި

ރާއްޖޭގައި އުޅޭ ދޫނިތަކާއި ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

ބިންހިއްކުމާއި ފަޅުފުންކުރުން ފަދަ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އީޕީއޭއިން އަންގައިފި

މަގުމައްޗަށް ކުނި ނެރޭ މައްސަލަ ބޮޑުވެ އެކަން ނުކުރަން އީޕީއޭއިން އިލްތިމާސްކުރައްވައިފި
