logoEN
Sto top
ހަވަރު ސްޕޯޓްސް އިން ބައްވާ 8 ވަނަ ފުޓްސަލް މުބާރާތަކަށް ތިނަދޫ ކައުންސިލްގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް

ހަވަރު ސްޕޯޓްސް އިން ބައްވާ 8 ވަނަ ފުޓްސަލް މުބާރާތަކަށް ތިނަދޫ ކައުންސިލްގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް

ޝަޖާއަތު އަހުމަދު

logo

10/24/2021, 5:10:22 PM

# ހަވަރު ސްޕޯޓްސް# ގދ. ތިނަދޫ ކައުންސިލްގެ އޮފީސްތަކުގެ ފުޓްސަލް މުބަރާތް 2021

5B8C973E-7A00-4EF7-AC45-4AEACBB0018D

ގދ. ތިނަދޫ ކައުންސިލުން މިއަހަރު ބާއްވާ އޮފީސްތަކުގެ ފުޓްސަލް މުބާރާތް އިންތިޒާމްކުރާ ޖަމިއްޔާގެ ގޮތުގައި ހަވަރު ސްޕޯޓްސް ހަމަޖައްސައިފިއެވެ.

Wamco

މިއީ ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. އަދި މިއީ ހަވަރު ސްޕޯޓްސް އިންތިޒާމްކޮށް ބާއްވާ 8 ވަނަ ފުޓްސަލް މުބާރާތެވެ.

މި މުބާރާތް އިންތިޒާމުކޮށްގެން ބޭއްވުމަށް ބޭނުންވާ ރަށުގެ ޖަމިއްޔާތަކަށް އެކަމަށް އެދި ހުށަހެޅުމަށް ތިނަދޫ ކައުންސިލުން ހުޅުވާލީ މި މަހުގެ ކުރީކޮޅުގައެވެ. މި މުބަރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ކައުންސިލްގެ ބަޖެޓުންނެވެ.

ތިނަދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ކުރިއަށްދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ހަވަރު ސްޕޯޓްސްގެ ފަރާތުން އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރީ އެ ޖަމިއްޔާގެ ބޯޑު މެމްބަރު އިސްމާއިލް އެވެ. ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ، ރައީސް، ސައުދު އަލީ އެވެ.

ތިނަދޫ ކައުންސިލުން ބުނި ގޮތުގައި އެ މުބާރާތް ބޭއްވުމުގެ މަގްސަދަކީ ސަރުކާރު މުވައްޒަފުންގެ މެދުގައި އިޖްތިމާއީ ރޫޙު އަށަގަނުވައި މަސައްކަތުގެ މާހައުލުން ބޭރުން މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިވެ ޓީމްވޯކް ވަރުގަދަކޮށް ކުޅިވަރުގެ ފޯރިޔާއި ޖޯޝާއެކު ދުޅަހެޔޮކަން އިތުރު ކުރުމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތް ހިންގުމަށް އެދި ހުށަހެޅީ ހަމައެކަނި ހަވަރު ސްޕޯޓްސް އިންނެވެ. އަދި އެ ޖަމިއްޔާއަކީ ތިނަދޫގައި އެފަދަ ބޮޑު މުބާރާތެއް އިންތިޒާމުކޮށް ހިންގޭނެ ގާބިލްކަން ހުރި ހަމަ އެކަނި ޖަމިއްޔާކަން ފާހަގަކުރެވެއެވެ.

ހަވަރު ސްޕޯޓްސްއަކީ ކޮންމެ އަހަރަކުވެސް ތިނަދޫގައި ކުޅިވަރުގެ އެކި ހަރަކާތްތަކާއި މުބާރާތްތައް ހިންގަމުން އަންނަ، ރަށުގެ އެންމެ ހިންގުންތެރި އެއް ޖަމިއްޔާއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside