logoEN
Sto top
ގެމަނަފުށީގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަނީ

ގެމަނަފުށީގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަނީ

# ގއ.ގެމަނަފުށި# ގއ. ގެމަނަފުށީ ކައުންސިލް

Gemanafushi-scaled

ގއ. ގެމަނަފުށީގެ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް ގެމަނަފުށި ކައުންސިލުން ހުޅުވާލައިފިއެވެ.

Wamco

ގެމަނަފުށި ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ގެމަނަފުށީގެ ލޭންޑްޔޫސް ޕްލޭން އެއް ހަދައިދޭނެ ފަރާތެއް ބޭނުންވާކަމަށެވެ.

އެގޮތުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ވަނީ މި ފުރުސަތު ހުޅުވާލެވިފައެވެ.

މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، ބީލަމުގައި ބައިވެރިވުމަށް ބޭނުންވާކަން 28 އޮކްޓޯބަރ 2021ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގައިދިނުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މި މަސައްކަތުގެ މައުލޫމާތު ސެޝަން 2 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހު 10:00 ޖަހާއިރު އޮންލައިންކޮށް ބޭއްވުމަށް ނިންމާފައިވާއިރު، އެ ބައްދަލުވުމުގައި ބައިވެރި ނުވެވުނަސް ބީލަން ހުށަހެޅޭނެކަމަށް ގެމަނަފުށި ކައުންސިލުން މަޢުލޫމާތު ދެއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުން އޮންނާނީ 2021، ނޮވެމްބަރ 14 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 ގައި ކަމަށްގެމަނަފުށި ކައުންސިލުން މަޢުލޫމާތު ދެއެވެ. ބީލަން ހުށަހަޅަން ޖެހޭނީ ކައުންސިލް އިދާރާއަށް ނުވަތަ އީމެއިލް [email protected] އަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC