
މައިކްރޯސޮފްޓް ބިންގް ގައި ދިވެހި ތަރުޖަމާ ކުރެވުމަކީ ދިވެހިބަހަށް ލިބުނު އައު މޭލުގަލެއް - އަޝްރަފް
# އަޝްރަފް އަލީ239449928_1758982687643252_690577312741622718_n
މައިކްރޯސޮފްޓް ބިންގް ގައި އިނގިރޭސި ބަސް ދިވެހި ބަހަށް ތަރުޖަމާ ކުރެވުމަކީ ދިވަހި ބަހަށް ހާސިލް ކުރެވުނު އައު މޭލުގަލެއް ކަމުގައި ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް، އަޝްރަފް އަލީ ވިދާޅުވެއްޖެ އެވެ.

ފޭސްބުކް ގައި އޭނާ ކުރެއްވި ޕޯސްޓެއްގައި އަޝްރަފް ވިދާޅުވީ އެއީ ދިވެހިބަސް ހާސިލު ކުރި މުޅީން އައު މޭލުގަލެއް ކަމަށާއި އެކަމުގެ ބުރަކަމާއި ބޮޑުކަން ވަރަށް ރަނގަޅަށް އޭނާއަށް އިހުސާސް ކުރެވޭ ކަމަށެވެ.
"މި ކަމުގައި މައިކްރޯސޮފްޓް އަށް އެހީތެރިވެދެއްވި ނަމަ އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށާއި މައިކްރޯސޮފްޓް ޓްރާންސްލޭޓަރގެ އިސްވެރީންނަށް ޚާއްޞަކޮށް މައިކްރޯ ސޮފްޓަށް ވަރަށް އުފަލާ އެކު ތަހުނިޔާ ދަންނަވަން. އަދި ދިވެހިބަސް ދެކެ ލޯބިވާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ޝުކުރު އަދާކުރަން" އަޝްރަފްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އަޝްރަފް ވިދާޅުވީ ބިންގް ގައި އިނގިރޭސި ބަސް ދިވެއްސަށް ތަރުޖަމާވެދާ ގޮތް "ވަރަށް ހިތްގައިމު" ކަމަށެވެ.
އަޝްރަފަކީ ދިވެހި ބަހަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ އެވިޑް ކޮލެޖުގެ ފެކަލްޓީއަކީ ފެކަލްޓީ އޮފް އާރޓްސް އެންޑް ލިޓްރޭޗަރގެ ޑީން އެވެ.