
194560_3_ba3d2eac65e16b90b2342be1f858d1868298781d_medium
ޝަހީދު ލެގަސީއޭ ބުނެފި ނަމަ އެއީ ދިވެހީންނަށް އާ ނަމަކަށް ނުވާނެއެވެ. ދިވެހި މެޓަލިކް ލަވަތަކަށް ލޯބި ކުރާ ފަރާތްތަކުގެ ފެވަރިޓް ލިސްޓުގެ ކުރީގައި އުޅޭ ފަރާތެކޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ.

ގިޓާ، ބޭސް ގިޓާ، ކީބޯޑް އަދި ޑްރަމް ކުޅެން ދަންނަ އަދި ހެވީ މެޓަލުގައި ރާއްޖެ އާއި ބޭރު ދުނިޔޭގައި ވެސް ފިޔަޖަހަމުން އަންނަ އަދި ދިވެހިންގެ މެދުގައި މަގުބޫލު ލަވަތަކުގެ މެޓަލިކް ކަވާތައް ގެނެސްދޭ ޝަހީދު މިވަނީ މިފަހަރު ދިވެހިންނަށް ތަފާތު ހަދިޔާއެއް ދޫކޮށްލާފައެވެ.
މިހާރު ދިވެހީން އަދި ބޭރު ދުނިޔޭގައިވެސް މަޝްހޫރުކަން ހޯދާފައިވާ "މަނިކެ މަގޭ ހިތޭ"ގެ ޔޮހާނީ ގެ ކަވާއަށް ޝަހީދު މިވަނީ މެޓަލިކް ކަވާއެއް ދޫކޮށްލާފައެވެ. ޝަހީދު ބުނީ، މި ކަވާ އަކީ އެތަށް ފޭނުންގެ ރިކުއެސްޓަކަށް ރިލީޒްކޮށްފައިވާ ކަވާއެކެވެ.
https://www.youtube.com/watch?v=-O60ftNAAlo
މެޓަލް ބޭންޑް ސެކްރެޑް ލެގަސީގެ ލީޑް ގިޓަރިސްޓްގެ ގޮތުގައި މަޝްހޫރުކަން ހޯދި ޝަހީދުގެ މިއުޒިކީ ހަޔާތް ފެށީ 2004 ވަނަ އަހަރު ދެ ރައްޓެއްސަކާއެކު އެވެ. އޭގެ ފަހުން 2006 "ސެކްރެޑް ލެގަސީ" ކިޔާ ބޭންޑެއް އަމިއްލައަށް އުފައްދާ ޝަހީދުގެ މިއުޒިކް ހަޔާތް ކުރިއެރުވި އެވެ. އެގޮތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ޝަހީދުގެ ފުރަތަމަ ސޯލޯ އަލްބަމް އެ އަހަރު ނެރުނެވެ. އެ އަލްބަމް ވެގެން ދިޔައީ މެޓަލް މިއުޒިކަށް ލޯބިކުރާ މީހުންގެ ސަމާލުކަމާއި ޝައުގުވެރިކަން އެއަހަރު އެންމެ އަވަހަށް ހޯދި އަލްބަމަށެވެ. ޝަހީދުގެ ސޯލޯ މިއުޒިކަށް އޮތް ޑިމާންޑާއެކު ޝަހީދުގެ ސޯލޯ ކެރިއަރު ފަށައި އޭޝިއާ އާއި ޔޫރަޕްގައި ޝަހީދުގެ ސޯލޯ މިއުޒިކްވަނީ މެޓަލް މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ ސަޕޯޓް ލިބިފައެވެ.
ޝަހީދު މަޝްހޫރުވެގެން ގޮސްފައިވަނީ ރާއްޖޭގެ ކުރީގެ ލަވަތަށް މެޓަލްކޮށް ނެރަމުން އައި ރާގުތަކުންނެވެ. އެގޮތުން ޝަހީދު އަކީ ފޭސްބުކްގައި ވެރިފައިޑް ދިވެހި އާޓިސްޓެކެވެ.
ޝަހީދުއަކީ، އެކި މިއުޒިޝަނުން އެކަކު އަނެކަކަށް ތައާރަފްވެ އިންވެސްޓަރުން ހޯދަން ހުޅުވިފައިވާ ޕްލެޓްފޯމެއެއް ކަމަށްވާ އެންއެފްޓީ ޓޯންސް ގެ އެމްބެސަޑުވެސް މެއެވެ.