logoEN
cocacola
ބަލިވުމުގެ ޒިންމާ 100 ޕަސެންޓް އަޅުގަނޑު ނަގަން: ސުޒޭން

ބަލިވުމުގެ ޒިންމާ 100 ޕަސެންޓް އަޅުގަނޑު ނަގަން: ސުޒޭން

# ދިވެހިރާއްޖެ# ސާފް ޗެމްޕިއަންޝިޕް 2021# ކުޅިވަރު# ސުޒޭން

big_xb0hwKO9EfIvjdHpGv1gEXDT0

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރޭ އިންޑިއާ އަތުން ބަލިވެ ފައިނަލުން ފުރުސަތު ގެއްލުމުގެ ފުރިހަމަ ޒިންމާ ނަގާކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ގޮސިޔާ

ރޭ އިންޑިއާ އަތުން 3-1 އިން ބަލިވުމާއެކު ރާއްޖެއަށް މިވަނީ ފައިނަލުގެ ފުރުސަތު ނުލިބި ކަޓާފައެވެ.

ރޭ ކުޅުނު މެޗަށްފަހު ޤައުމީ ޓީމްގެ ކޯޗު އަލީ ސުޒޭން ބުނީ ފައިނަލުން ފުރުސަތު ނުލިބުމަކީ ބޮޑު މާޔޫސްކަމެއްކަމަށާއި، ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާކަމަށެވެ. ރާއްޖެ ކޮޅަށް ފަސޭހަ ދެ ގޯލެއް ވަނީ މެޗުގެ ކުރީކޮޅު ރަނގަޅަށް ފޯކަސް ނުކުރެވުމުގެ ނަތީޖާކަމަށް ސުޒޭން ފާހަގަކުރެއްވިއެވެ.

ރާއްޖެ ކޮޅަށް ވަތް ލަނޑުތަކުގައި ކީޕަރު ފައިސަލްވެސް ފެނުނީ ތަންކޮޅެއް ފަސޭހަކޮށްކަމަށާއި، އެއީ ފަހު މެޗުގައި އޭނާއަށް ލިބުނި އަނިޔާއާ ގުޅިގެން ދިމާވި ކަމަކަށްވެސް ވެދާނެކަމަށް ކޯޗު ސުޒޭން ފާހަގަކުރެއްވިއެވެ.

ސުޒޭން އިތުރަށް ވިދާޅުވީ ކުޅުންތެރިން ވަރަށް ހިތްވަރުކޮށްފި ކަމަށާއި، އެކަމަށް ތައުރީފު ހައްގު ކަމަށެވެ. މި މުބާރާތުން ފެނުނު ކަންކަމަށް ބަލާއިރު ރާއްޖޭގެ ކޯޗަކަށް މި ތަށި ނުހޯދޭންވީ އެއްވެސް ސަބަބެއް ނެތްކަމަށް ފަހަގަކޮށް ސުޒޭން ބުނީ ކުރިއަށް އޮތް ތާނގައި އެ ފުރުސަތު ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ.

މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ވަރުގަދަ އިންޑިއާ އާއި މި މުބާރާތުގައި ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރު ކުރި ނޭޕާލެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ