logoEN
cocacola
ޝީޝާގެ "ވިނާ އެކްސް އޮން ޓުއަރ" ތިނަދޫއަށް

ޝީޝާގެ "ވިނާ އެކްސް އޮން ޓުއަރ" ތިނަދޫއަށް

# ޝީޝާ# ހޮންޑާ

Screenshot 2021-10-12 at 15.46.18

ރާއްޖޭގައި ހުންނަ ހަމައެކަނި ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާއިން މިހާރު ވިއްކަމުންދާ ހޮންޑާ ވިނާ އެކްސް 150ސީސީ 2021ގެ މޮޑެލްގެ ސައިކަލު އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް "ވިނާ އެކްސް އޮން ޓުއަރ" ނަމުގައި ފެށި ކެމްޕެއިން ގދ. ތިނަދޫގައި ފަށައިފިއެވެ.

ގޮސިޔާ

މިއީ ޝީޝާ އިން މިފަދަ ކެމްޕޭނެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. މި ކެމްޕޭންގެ ދަށުން ވިނާ އެކްސް ސައިކަލުގެ ޓެސްޓު ދަތުރެއްކޮށް އަޖުމަ ބަލައިލުމުގެ ފުރުސަތު އާއްމުންނަށް ލިބިގެންދާނެއެވެ. ހަމައެހެންމެ ކަސްޓަމަރުންނަށް އެ ސައިކަލާ ބެހޭ އިތުރު މަޢުލޫމާތާއި ސައިކްލު ހޭންޑަލްކުރާނެ ގޮތުގެ މަޢުލޫމާތު ދެވިގެންދާނެއެވެ.

މި ކެމްޕައިންގައި ތިނަދޫގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން ވިނާ އެކްސް ސައިކަލުގެ ޓެސްޓު ދަތުރެއްކޮށް އަޖުމަ ބަލައިލަން ބޭނުންވާ ފަރާތްތަކުން ޝީޝާ ތިނަދޫ ގެ ހޮޓްލައިން 9455660 އަށް ގުޅުއްވައި އެޕޮއިންޓްމަންޓް ހެދުމަށް ވަނީ ހުޅުވާލެވިފައިއެވެ.

View post on Facebook

އައްޑޫ ސިޓީ އިން ފެށި މިކެމްޕެއިން ދަތުރު، ފުވައްމުލައް ނިންމާ ތިނަދޫގައި މިހާރު ކުރިއަށްދާއިރު، ގއ. ވިލިނގިލި އަދި ލ. ގަމުގައިވެސް މި ކެމްޕެއިން ކުރިއަށްގެންދިޔުމަށް ޝީޝާއިން ވަނީ ނިންމާފައެވެ. ހަމައެހެންމެ މާލެ ހުޅުމާލެ އިތުރުން ހދ. ކުޅުދުއްފުށީގައިވެސް މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުގެ ވިނާ އެކްސްއަކީ 150ސީސީ ސީރީޒްގެ މެނުއަލް ހޮންޑާ ސައިކަލެކެވެ. މި ސައިކަލުގެ ކީ ފީޗަރސްތަކުގެ ތެރޭގައި، އެންޓި ލޮކް ބްރޭކިންގ ސިސްޓަމް (އޭބީއެސް)، ޑީއޯއެޗްސީ (އިންޖީނުގައި 2 ކެމްޝާފްޓް)، ލިކުއިޑް ކޫލިންގ ސިސްޓަމް، ޑިޖިޓަލް މީޓަރ އަދި ލެޑް ލައިޓް ސިސްޓަމެއް އަޅުވާފައިވުން ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ