logoEN
cocacola
ދަގަނޑޭ އެދުމަކީ ލަންކާ މެޗަށް ސަޕޯޓަރުން ދަނޑަށް ނުވަދެވުނަސް ޤައުމީ ޓީމަށް ހިއްވަރު ދިނުން

ދަގަނޑޭ އެދުމަކީ ލަންކާ މެޗަށް ސަޕޯޓަރުން ދަނޑަށް ނުވަދެވުނަސް ޤައުމީ ޓީމަށް ހިއްވަރު ދިނުން

# ސާފް ޗެމްޕިއަންޝިޕް 2021# ޤައުމީ ޓީމް# ދަގަނޑޭ# އަލީ އަޝްފާގު

imagesmv-EM0rHL5ztQ1633628596 (1)

އުރީދޫ ސާފްޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ރާއްޖެ-ލަންކާ ބައްދަލުކުރާ މެޗަށް ހުރިހާ ސަޕޯޓަރުންނަށް ދަނޑުން ޖާގަ ނުލިބުނު ނަމަވެސް ޤައުމީ ޓީމަށް ހިތްވަރު ދިނުމުގައި ތިއްބެވުމަށް އަލީ އަޝްފާޤު (ދަގަނޑޭ) އެދިލައްވައިފިއެވެ.

ގޮސިޔާ

އަޝްފާގު ފޭސްބުކް ޕޯސްޓެއްގައި ބުނީ، ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗަށް ދިވެހި ސަޕޯޓަރުން ވަދެ ދަނޑު ފުރާލުމަކީ މުޅި ޓީމުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ހަމައެއާއެކު ކަން ދިމާކުރި ގޮތުން މިފަހަރު ދަނޑަށް ސަޕޯޓަރުންނަށް ވަދެވޭ އަދަދު މަދު ނަމަވެސް އެންމެހާ ސަޕޯޓަރުން ގައުމީ ޓީމާއެކު އެބޭފުޅަކު ހުންނެވި ހިސާބަކުން ޓީމަށް ހިތްވަރު ދިނުމުގައި ތިއްބެވުމަށްވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ހަމައެހެންމެ ދިވެހި ސަޕޯޓަރުންގެ ހެޔޮ ދުއާ ގައުމީ ޓީމާ އެކު ވާނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް ދަނގަޑޭ ވަނީ ބުނެފައެވެ.

View post on Facebook

ރާއްޖެ-ލަންކާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. މި މެޗަށް ވިއްކި ޓިކެޓްތައް ހުސްވުމާއެކު ރާއްޖެ ސަޕޯޓަރުން ވަނީ އިއްޔެ ނުރުހުން ފާޅުކޮށްފައެވެ، އެއާއެކު ފުޓްބޯޅަ އެސޯސިއޭޝަނުން ކުޅުންތެރިންނާއި ސްޕޮންސަރުންނަށް ހަމަޖެއްސި ޓިކެޓްތަކުގެ ތެރެއިން އިތުރު 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށެވެ. އެ މެޗަށް އެފްއޭއެމުން ވިއްކު ހުރިހާ ޓިކެޓެއް މިހާރު ވަނީ ހުސްވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ