logoEN
cocacola
ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއެޕް ޑައުންވެއްޖެ

ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއެޕް ޑައުންވެއްޖެ

# ދިރާގު# އޫރިދޫ# ފޭސްބުކް

uQsQjAfExmru9JRjKWFibU

ފޭސްބުކް މެސެންޖާ އާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް ޑައުންވެ ވަރަށް ގިނަ ބަޔަކަށް މިއެޕްލިކޭޝަންތައް ބޭނުން ކުރަން ދަތި ވެއްޖެއެވެ.

ގޮސިޔާ

ފޭސްބުކް ދަށުން ހިންގާ އިންސްޓަގްރާމް، އަދި ވަޓްސްއެޕް ވެސް ވަނީ ޑައުންވެފައެވެ. އޭގެ އިތުރުން ފޭސްބުކް މެސެންޖާ ބޭނުންކުރުމުގައިވެސް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.

ޑައުންޑިޓެކްޓާއިން ރިޕޯޓުކޮށްފައިވާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 83،000 އަށްވުރެ ގިނަ މީހުންވަނީ މި މައްސަލަ ރިޕޯޓު ކޮށްފައެވެ.

މިކަމާ ގުޅިގެން އުރީދޫ އިން ވަނީ ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓުގައި ބުނެފައިވަނީ މި އެޕްލިކޭޝަންތަކަށް ވަނުމަށް ބުރޫ އަރާފައިވާ ކަމަށެވެ. އަދި މި މައްސަލަ ބޭރުގެ ގިނަ ގައުމުތަކުގައި ވެސް ދިމާވެފައިވާ ކަމަށް ބުނެފައި ވެއެވެ.

View post on Twitter

އެޕްލިކޭޝަންތައް ބޭނުން ކުރުމުގައި ދިމާވެފައިވާ މައްސަލައާ ގުޅޭ ގޮތުން އަދި މިހާތަނަށް ފޭސްބުކް އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ