logoEN
cocacola
ފްލައިން ސްކޫލެއް ހިންގަން އެވިޑަށް ހުއްދަ ދީފައެއް ނުވާނެ: ސިވިލް އޭވިއޭޝަން

ފްލައިން ސްކޫލެއް ހިންގަން އެވިޑަށް ހުއްދަ ދީފައެއް ނުވާނެ: ސިވިލް އޭވިއޭޝަން

އަޙްމަދު ޖަމީލު

logo

8/15/2021, 11:42:08 AM

# އެވިޑް

F7088A61-6979-486A-B220-E7014F27B2B8

ފްލައިން ސްކޫލެއް ހިންގުމުގެ ހުއްދައެއް އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) އަށް ހުއްދައެއް ދީފައި ނުވާ ކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީންބުނެފިއެވެ.

ގޮސިޔާ

ސިވިލް އޭވިއޭޝަނުން މިހެން ބުނެފައިމިވަނީ ފްލައިން ސްކޫލް މިހާރު ހިންގާ އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އާއި ދެކޮޅަށް އެ ސްކޫލްގައި ކިޔަވަމުންދާ47 ދަރިވަރަކު މިހާރު ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލައާ ގުޅިގެން އެ ދަރިވަރުން ތަމްސީލުކުރާ ޕްރިމިއާ ޗެމްބާސް އަށް ސިވިލް އޭވިއޭޝަނުން މިދިޔަބުރާސްފަތި ދުވަހު ފޮނުވި ސިޓީއެއްގައެވެ.

އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހުސެއިން ޖަލީލު ސޮއިކުރައްވާ ފޮނުވި އެ ސިޓީގައި ވިދާޅުވީ މިހާތަނަށް އެވިޑް ކޮލެޖަށް އެޕްރޫވްޑްޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) އެޕްރޫވަލް އަދި ސިވިލް އޭވިއޭޝަންގެ އުސޫލުތަކުގެ ދަށުން އޭވިއޭޝަނާއި ބެހޭ އެއްވެސް ތަމްރީނެއް ހިންގުމަށްހުއްދައެއް ދޫކޮށްފައި ނުވާނެ ކަމަށެވެ.

އަދި އެވިޑް ސްކޫލް އޮފް އޭވިއޭޝަނަކީ މިހާތަނަށް އޭޓީއޯ އެޕްރޫވަލް ލިބިފައިވާ މުއައްސަސާއެއް ނޫން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭއޭއޭ އިން ހިންގަމުން އައި ފްލައިން ސްކޫލު ގަނެ އެތަން ހިންގުމުގެ މަސައްކަތާއި ހަވާލުވެފައިވާ ކަމަށް އެވިޑުން މިދިޔަ ޖޫން މަހުގެ ފަހުކޮޅު ވަނީއިއުލާންކޮށްފައެވެ. ނަމަވެސް ދާދިފަހުން އޭއޭއޭ އިން ސިވިލް ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭ ގޮތުގައި އޭއޭއޭ އާއި އެވިޑާއި ދެމެދު ހެދިފައިވަނީ ލީސްއެގްރީމެންޓެކެވެ.

އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ލައިސަންސް އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްއަށް ދީފައިއޮތްނަމަވެސް އެވިޑް ކޮލެޖުގެ އަމިއްލަ ލައިސަންސެއްހޯދުމަށް މަސައްކަތްކުރަމުންދާކަމަށާއި، އެކަމަށް ގާތްގަނޑަކަށް 6 މަސް ދުވަހުގެ މުއްދަތެއް ނަގާނެކަމަށް މިދިޔަ ޖޫން މަހު މުސްތާޤު ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ