logoEN
Sto top
މުޅި އަތޮޅުގެ ހާލަތު ގޯސްވަނީ، ގެމަނަފުށިން އަނެއްކާވެސް ކޭސްތަކެއް

މުޅި އަތޮޅުގެ ހާލަތު ގޯސްވަނީ، ގެމަނަފުށިން އަނެއްކާވެސް ކޭސްތަކެއް

# ގއ.ގެމަނަފުށި# ގއ. ގެމަނަފުށީ ކައުންސިލް# ކޮވިޑް19

ގެމަނަފުށި

ގއ. ގެމަނަފުށިން އަނެއްކާވެސް ކޮވިޑް19 އަށް ފައްސި ކޭސްތަކެއް ފެނިއްޖެ އެވެ.

Wamco

ގެމަނަފުށީ ކައުންސިލުން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ރަށުން އިތުރު މީހަކު ފައްސިވެ އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 29 އަށް އަރާފައެވެ. އަދި ބަލީގެ އަލާމާތްތައް ފެނިގެން އިތުރު 7 މީހަކާއި ހޯމް ކަރަންޓީނުގައި ހުރި 2 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ފޮނުވާފައިވާ ކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.

އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިވަގުތު ނަތީޖާ ނުލިބި ހުރި 15 ސާމްޕަލެއް އެބަހުއްޓެވެ.

މިހާތަނަށް ގެމަނަފުށިން 29 މީހަކު ފައްސިވެފައިވާއިރު 25 ފަރާތަކީ ރަށު ތެރެއިން ފެނުނު ކޭސްތަކެކެވެ. 4 ކޭސް އަކީ ހޯމް ކަރަންޓީން ކޭސްތަކެކެވެ.

ހަލުވި ކަމާއި އެކު ގެމަނަފުށީގައި މި ބަލި ފެތުރެމުން ދާއިރު އެރަށް ވަނީ މޮނީޓަރިންގ ހާލަތަށް ވެސް ގެނެސްފައެވެ.

ގެމަނަފުށީގެ އިތުރުން އެ އަތޮޅުގެ ވެރިކަން ކުރާ ވިލިނގިއްޔާއި ދާންދޫ، ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެއަތޮޅުގެ 5 ރަށަކުން ބަލި ފެނިފައިވާއިރު އެއަތޮޅުގެ އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 125 އަށް އަރާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC