
އިތުރަށް ހޯދާ ފައިޒާ ވެކްސިން ހާއްސަކުރާނީ އުމުރުން 16 އަހަރާއި 18 އަހަރުގެ ކުދިންނަށް: މިނިސްޓަރ ނަސީމް
# ފާއިޒާ ވެކްސިން2GZYFBYGOZMO3E5URJP6ZIZQ7M
ސަރުކާރުން ދެން ހޯދާ ފާއިޒާ ވެކްސިން ހާއްސަކުރާނީ އުމުރުން 16 އަހަރާއި 18 އަހަރުގެ ކުދިންނަށް ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަަރ ވިދާޅުވީ، ފަހަކަށް އައިސް ކުޑަކުދިންނަށް ކޯވިޑް ޖެހޭލެއް އިތުރުކަމަށާއި، ފައިޒާ ވެކްސިންގެ އިތުރު ޑޯޒްތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން ދެން ހޯދާ ފައިޒާ ވެކްސިން ޚާއްސަކުރާނީ އުމުރުން 16 އަހަރާއި 18 އަހަރުގެ ކުދިންނަށްކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
" އުމުރުން 16 އަހަރުން ދަށުގެ ގިނަ ކުދިންނަށް ކޯވިޑް ޖެހިއްޖެ. އެކުދިން ސަލާމަތް ކުރުމަށް ބެލެނިވެރިން ފިޔަވަޅުތައް އަޅަންޖެހޭ. ދާދިފަހުން ވެސް 40 ކުއްޖަކަށް ކޯވިޑް ޖެހިއްޖެ." މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގައެވެ. ފުރަތަމަ ކޮވިޝީލްޑް ވެކްސިން ޖަހަން ފެށިނަމަވެސް މިހާރު އަންނަނީ ސިނޯފާމް ވެކްސިނާއި ފައިޒާ ވެކްސިން ޖަހައިދެމެންނެވެ. ނަމަވެސް ފައިޒާ ވެކްސިން ޖަހާދެނީ ޚާއްސަ ޙާލަތްތަކުގައި ތިބި މީހުންނަށެވެ.