
ތާވަލުކުރެވިފައިވާ ގޮތަށް ރާއްޖޭގައި އިމްތިހާންތައް ކުރިއަށްގެންދާނެ - އެޑިއުކޭޝަން
# އެޑިއުކޭޝަން މިނިސްޓްރީ# އެޑެކްސެލް އޭލެވެލް އިމްތިހާންdhiraasee-aa-aharuge-kiyevun-feshun-hendhunuge-naasthaa-31
އޭލެވެލްގެ ޓެސްޓް ޕޭޕަރުތަކެއް ލީކްވަމުންދާ މި ދަނޑިވަޅުގައި މިކަމާގުޅިގެން އެހެންގޮތަކަށް އަމަލުކުރުމަށް އެޑެކްސެލް އިން އަންގަންދެން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ރާއްޖޭގައި އޭލެވެލް އިމްތިހާންތައް ކުރިއަށްގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިހާރު ކުރިޔަށްދާ އޭލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި، ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރި އުސުލުތަކާ އެއްގޮތަށް
ރާއްޖޭގެ ސްކޫލުތަކުގައި ކުރިޔަށް ދާ ކަމަށެވެ.
"އަދި، އޭލެވެލްގެ ސުވާލުކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައެއް ނުވެއެވެ". އެޑިއުކޭޝަންގެ ބަޔާނުގައި ވެއެވެ.
އެ މިނިސްޓްރީން މިގޮތަށް ވިދާޅުވެފައި ވަނީ އޮންލައިން ޕްލެޓްފޯމްތަކުގައި އޭލެވެލްގެ ޕޭޕަރުތަކެއް ލީކްވެފައިވާ ދަނޑިވަޅެއްގައެވެ.
މި ޕޭޕަރުތައް ލީކްވެފައިވަނީ ރާއްޖެއިން ނޫންކަމުގެ ޔަގީންވެސް މިނިސްޓްރީން ދެއެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވިދާޅުވީ މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި، ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރި އުސުލުތަކާ އެއްގޮތަށް ރާއްޖޭގެ ސްކޫލުތަކުގައި ކުރިޔަށް ދާ ކަމަށެވެ.
އެހެން ނަމަވެސް މި އިމްތިހާނުގެ ބައެއް ސުވާލުކަރުދާސްތައް ރާއްޖެއިން ބޭރުގެ ބައެއް އޮންލައިން ޕްލެޓްފޯމް ތަކުން ލީކުކުރަމުންދާކަމަށް ދެކޭވޭ ކަމަށާއި، މިފަދަ މަޢުލޫމާތުތަކެއް ލިބެމުން ދިޔުމާ ގުޅިގެން އެޑެކްސެލްއިން މިމައްސަލަ ބަލަމުންދާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ގުޅުންހުރި

ހުޅުމާލެ 3 ސުކޫލެއްގެ މުދައްރިސުންނާއި މިނިސްޓަރ ޝަފީއު ބައްދަލުކުރައްވައިފި

ކޭމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނު ގެ "ނޯމަލް އެންޓްރީ" އެޕްލިކޭޝަނަށް ހުޅުވާލައިފި

އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިސާބު މާއްދާ އުނގަންނާދޭނެގޮތުގެ ތަމްރީނެއް!
