logoEN
cocacola
ކާޑެއްދޫ އެއާޕޯޓު ޖެޓީގެ ސާވޭ ކުރުމުގެ މަސައްކަތް އާރްޑީސީއަށް

ކާޑެއްދޫ އެއާޕޯޓު ޖެޓީގެ ސާވޭ ކުރުމުގެ މަސައްކަތް އާރްޑީސީއަށް

# ކާޑެއްދޫ

EzUwlopVkAIQyjr

ގދ. ކާޑެއްދޫ އެއާޕޯޓުގެ ބަނދަރު ހެދުމަށްޓަކާ ކުރަންޖެހޭ ސާވޭ ކުރުމުގެ މަސައްކަތް އަރްޑީސީއާއި ހާވާލުކޮށްފިއެވެ.

ގޮސިޔާ

ހުވަދުއަތޮޅު ދެކުނުބުރީ މައި އެއާޕޯޓް، ކާޑެއްދޫއަށް އަރާ ފެބުމަށް ބޭނުންކުރާ ބަނދަރު ހެދުމަށްޓަކައި ކުރަންޖެހޭ ސާވޭ ކުރުމުގެ މަސައްކަތް ކުރުމަށް އާރްޑީސީ އާއި ހަވާލު ކުރީ އެ އެއާޕޯޓް ހިންގަމުން އަންނަ ކުންފުނި " ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ" އިންނެވެ.

ކާޑެއްދޫ އެއާޕޯޓުގެ މެނޭޖަރ މުހައްމަދު ޝަރީފް "ގާފު" އަށް މައުލޫމާތު ދެއްވި ގޮތުގައި މި މަސައްކަތަކީ ކާޑެއްދޫގައި ބަނދަރު އެޅުމަށް އެންމެ އެކަށޭނަތަނެއް ހޯދުމާއި ބަނދަރު އަޅޭނެ އެންމެ ރަަނގަޅު ގޮތް ބެލުމަށްޓަކައި ކުރެވޭ ސާވޭ އެއް ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓުގެ ބަނދަރުގެ ދަތިކަމަކީ، އެ އެއާޕޯޓުގެ ހިދުމަތް ލިބިގަންނަ ގިނަ ބައެއްގެ ޝަކުވާއެކެެވެ. ގިނަ ފަތުރުވެރިންތަކެއްވެސް އަންނަ މި އެއާޕޯޓުގެ ބަނދަރު ކުޑަވުމުގެ ސަބަބުން އެއާޕޯޓަށް ދަތުރުކުރާ ކަނޑު އުޅަނދުފަހަރަށް ޖާގައިގެ ދަތިކަން ދިމާވެއެވެ.

މީހުން ދިރިއުޅޭ 18 ރަށާއި ފަސް ރިސޯޓާއި 176 ފަޅު ރަށުގެ މައްޗަށް އެކުލެވޭ ހުވަދު އަތޮޅުގެ އާބާދީއަކީ 34،433 މީހުންނެވެ. ހުވަދޫ އިދާރީ ގޮތުން ދެބައަކަށް ބަހާފައިވާއިރު، ގއ. އަތޮޅުގެ އާބާދީއަކީ 14،310 އެވެ. އަދި ގދ. އަތޮޅުގެ އާބާދީއަކީ 20،123 އެވެ. ކާޑެއްދޫ އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ