
އެޗްއާރްސީއެމްގެ 2024 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައިފި
# އެޗްއާރްސީއެމް-
ހިއުމަން ރައިޓްސް ކޮމިޝަނުގެ 2024 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އެ ކޮމިޓީގެ އެދިވަޑައިގަތުމުގެ މަތިން މިއަދު ހުށަހަޅައިފިއެވެ.

މި ރިޕޯޓުތައް ހުށަހަޅުއްވައިދެއްވީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުންނެވެ.
މި އަހަރީ ރިޕޯޓުތަކާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅުއްވި މައުލޫމާތުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ކަމާ ގުޅޭ ގާނޫނުތަކުން ކޮމިޝަނަށް މަތިކޮށްފައި ހުރި ކަންކަން 2024 އަދި 2025 ވަނަ އަހަރު ކުރިއަށް ގެންދެވުނު ގޮތުގެ ތަފްސީލުތައް ހިމެނެއެވެ. އަދި އެކަންކަން ދައުލަތާއި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ކުރަމުން ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެކަންކަމަށް ގެނެވިދާނެ ހައްލުތަކާ ގުޅޭގޮތުން ވަނީ ކޮމިޓީއަށް މައުލޫމާތު އަރުވައި މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ޖުމްލަ ގޮތެއްގައި ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކޮށް، ކޮމިޝަނަށް ފާހަގަވާ މުހިންމު މައްސަލަތަކުގެ މައުލޫމާތުވެސް ކޮމިޓީއަށް ވަނީ ހިއްސާކުރައްވާފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނު ނަންބަރު 2006/6 ގައި ބަޔާންކުރާ ގޮތުގެ މަތިން 2024 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވާއިރު، މި ރިޕޯޓުތަކުގެ ނަކަލު މިހާރު ވަނީ އެ ކޮމިޝަނުގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައެވެ.
ގުޅުންހުރި

އެޗްއާރްސީއެމްގެ 2024 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައިފި
.jpg&w=3840&q=75)
އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

މިއަހަރުގެ ފުރަތަމަ އެޗްއާރުސީއެމް-ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމް ބާއްވައިފި




