logoEN
WAMCO TOP 1
ހާލަންޑްގެ ޔޮޓް ފަތުރުވެރިންގެ މަންޒިލަކަށް!

ހާލަންޑްގެ ޔޮޓް ފަތުރުވެރިންގެ މަންޒިލަކަށް!

ސާރާ އަހުމަދު

logo

8/12/2026, 8:40:08 AM

# ހާލަންޑް

--

މެންޗެސްޓަރ ސިޓީ އަދި ނޯވޭގެ މަޝްހޫރު ފޯވާޑް އާލިންގް ހާލަންޑް، ވޯލްޑް ކަޕަށްފަހު އިޓަލީގެ ސިސިލީގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، އޭނާ ހުރި ލަގްޒަރީ ޔޮޓް ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަކަށް ބަދަލުވެއްޖެއެވެ.

THE TRAVELLER AD

ނިމިދިޔަ ވޯލްޑް ކަޕްގައި 7 ގޯލު ޖަހައި، ނޯވޭ ކުއާޓަރ ފައިނަލަށް ގެންގޮސްދިނުމުގައި އިސް ދައުރެއް އަދާކުރި ހާލަންޑް، މިހާރު ތައްޔާރުވަމުން އަންނަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ސީޒަނަށެވެ. ނަމަވެސް ސިސިލީގެ މޫދުގައި ޔޮޓެއްގައި އަރާމުކޮށްލަން އިންދާ އޭނާއަށް ވަނީ ވަރަށް ތަފާތު، އަދި އެހާމެ މަޖާ ހާދިސާއަކާ ކުރިމަތިލާން ޖެހިފައެވެ.

ހާލަންޑް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ފަތުރުވެރިން ގޮވައިގެން ދަތުރުކުރާ ބޯޓެއް ވަނީ އޭނާގެ ޔޮޓާ ވަރަށް ކައިރިއަށް އައިސްފައެވެ. އަދި އެ ބޯޓުގައި ތިބި މީހުންނަށް ހާލަންޑް ފެނުމާއެކު އުފަލުން ހަޅޭއްލަވައި، އަތްހޫރައި، ފޮޓޯ ނަގަން ފެށިއެވެ.

މިކަމާ ގުޅިގެން ހާލަންޑް ރުޅިއައުމުގެ ބަދަލުގައި، އޭނާ ވަނީ ހިނިތުންވުމާއެކު ފަތުރުވެރިންނަށް އަތްހޫރާފައެވެ. އަދި މަޖާ ރާގަކަށް އޭނާ ބުނެފައިވަނީ، " މިހާރު ޓޫރިސްޓު ބޯޓުތަކުގައި އެބަ އާދޭ އަހަރެން ހުރި ތަން ބަލާލަން. ދުވަހަކުވެސް މިކަހަލަ ކަމެއް އަހަރެން ނުދެކެން،" ކަމަށެވެ.

ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާއެކު ހާލަންޑްގެ މަގުބޫލުކަން އިތުރަށް ބޮޑުވެފައިވާއިރު، އޭނާގެ ޗުއްޓީ ނިންމާލުމަށްފަހު ދެން އެންމެ އަވަހަށް ފެނިގެންދާނީ އައު ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން، ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލްއާ ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅޭ މެޗުގައެވެ.

ކޮމެންޓް
ފަހުގެ
HDC