logoEN
WAMCO TOP 1
ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ ތެރެއިން އީރާންގެ އިސްވެރިންނަށް ޕާކިސްތާނުގެ ދައުވަތެއް!

ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ ތެރެއިން އީރާންގެ އިސްވެރިންނަށް ޕާކިސްތާނުގެ ދައުވަތެއް!

އަހުމަދު ޝުރާއު

logo

8/10/2026, 11:13:33 AM

# އިރާން - ޕާކިސްތާނު

-

އީރާންގެ ޚާރިޖީ ވަޒީރު އަބާސް ޢަރަޤްޗީ އާއި ޕާލަމެންޓުގެ ސްޕީކަރު މުޙައްމަދު ބާޤިރު ޣާލިބާފް ޕާކިސްތާނުގެ ވެރިރަށް އިސްލާމާބާދަށް ވަޑައިގަތުމަށް ރަސްމީކޮށް ދައުވަތު އަރުވާފައިވާ ކަމަށް އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ބަޣާއީ ވިދާޅުވީ، މި ދެ ބޭފުޅުންވެސް އެކަށީގެންވާ އެންމެ ރަނގަޅު ވަގުތެއްގައި އިސްލާމާބާދަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. ނަމަވެސް މި ދަތުރުފުޅު އޮންނާނެ ވަކި ތާރީޚެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

އަދި ދެ ޤައުމުގެ މެދުގައި ދުވަމުންދާ ގުޅުންތަކުގެ ތެރެއިން މިފަދަ ރަސްމީ ދަތުރުތަކާއި ބަދަލުކުރެވޭ މުއާމަލާތްތަކަކީ އާންމު ކަންކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި ދައުވަތާ ގުޅިގެން ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަވަސްކަން ކުޑަކުރުމަށް ޕާކިސްތާނުން މީގެ ކުރިން މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ ދަނޑިވަޅެއްގައި ނުހަނު މުހިންމު ދަތުރުފުޅަކަށް ވާނެއެވެ.

ޕާކިސްތާނުގެ އެހީތެރިކާއެކު މިއަހަރުގެ އޭޕްރީލް މަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވި، ޖޫން މަހު ފްރޭމްވަރކް އެއްބަސްވުމެއްވެސް އެކުލަވާލެވިފައިވެއެވެ. ނަމަވެސް ފަހުން އެ އެއްބަސްވުންތައް ނާކާމިޔާބުވެ، އިރާނާއި އެމެރިކާއިން ހަމަލާތައް ބަދަލުކުރަން މިހާރު އަނެއްކާވެސް ވަނީ ފަށާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC