
-
ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ މުއައްސަސާތަކާއި ވަކީލުންނަށް ޚާއްޞަކޮށްގެން ބަންޑާރަ ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ "ބަންޑާރަ ކަޕް" ގެ 5 ވަނަ މުބާރާތް މިއަދު ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަދުން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް ހެންވޭރު ބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ހަވީރާއި ރޭގަނޑު ކުޅުމަށް ވަނީ ރޭވިފައެވެ.
ދައުލަތުގެ ޝަރުޢީ އަދި ޤާނޫނީ މުއައްސަސާތަކާއި، ޤާނޫނީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ މައިދާނުގައި އެކުވެރިކަން އާލާކުރުމުގެ މައިގަނޑު މަޤްޞަދުގައި ކުރިއަށްގެންދާ މި މުބާރާތަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ޑިވިޜަންތައް
މިއަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޜަނުގައި 17 ޓީމާއި، އަންހެން ޑިވިޜަނުގައި 13 ޓީމާއެކު ޖުމުލަ 30 ޓީމު ވާދަކުރެއެވެ. މި މުބާރާތުގައި ޖުމްލަ 65 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
- ފިރިހެން ޑިވިޜަން (ގްރޫޕްތައް):
- އަންހެން ޑިވިޜަން (ގްރޫޕްތައް):
މުބާރާތުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން، މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކާގުޅޭ މައުލޫމާތާއި މެޗުތަކުގެ ނަތީޖާތައް އެއްތާކުން ފަސޭހައިން ބަލައިލެވޭނެ އިންތިޒާމު މިއަހަރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން މި އަހަރުގެ މުބާރާތަށް ޚާއްސަކޮށްގެން ވެބްސައިޓެއް ވަނީ ލޯންޗުކޮށްފައެވެ.



