logoEN
WAMCO TOP 1
ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 15 މިލިއަން ރުފިޔާގެ މެޗިންގ ގްރާންޓް ސްކީމްގެ ދެވަނަ ބުރު ފަށައިފި

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 15 މިލިއަން ރުފިޔާގެ މެޗިންގ ގްރާންޓް ސްކީމްގެ ދެވަނަ ބުރު ފަށައިފި

އަހުމަދު ޝުރާއު

logo

8/8/2026, 10:31:46 AM

# ދަނޑުވެރި މަންފާ

-

"ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިންގ ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި، "ދަނޑުވެރި ނަފާ" ލޯނު އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

THE TRAVELLER AD

މިއީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހުޅުވާލި 15 މިލިއަން ރުފިޔާގެ މެޗިންގ ގްރާންޓް ސްކީމުގެ ދެވަނަ ބުރެވެ.

މީގެއިތުރުން، މިއީ ކުރިން ދޫކުރަމުންދިޔަ "ނަފާ" ލޯނު ސްކީމް އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް، "ދަނޑުވެރި ނަފާ" ގެ ނަމުގައި ތަޢާރަފުކުރުމެވެ. މި ދެ ސްކީމަކީވެސް އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ހިންގާ ސްކީމްތަކެކެވެ.

"ދަނޑުވެރި މަންފާ" ގްރާންޓް ސްކީމް:
  1. އަމާޒުކުރެވޭ ފަރާތްތައް: މެޕް ޕްރޮޖެކްޓް ހިންގާ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.
  2. ބޭނުންކުރެވޭނެ ދާއިރާ: ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުވެސް ޚާއްޞަކޮށްފައިވަނީ ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށެވެ. އެއީ ގްރީންހައުސް އިންސްޓޯލްކުރުމަށާއި، ހައިޑްރޯޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ޤާއިމުކޮށްގެން ދަނޑުވެރިކަން ކުރުމަށެވެ.
  3. އެޕްލިކޭޝަން ހުށަހެޅުން: މި ގްރާންޓަށް އެދި ހުށަހަޅަންޖެހޭނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށްގެންނެވެ.
"ދަނޑުވެރި ނަފާ" ފައިނޭންސިންގ ފެސިލިޓީ:
  1. އަމާޒުކުރެވޭ ދާއިރާތައް: އާބަން އެންޑް ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ޓެރަސް ނުވަތަ ވާޓިކަލް ގާޑްނިންގ، ޕޯލްޓްރީ އެންޑް ސްމޯލް ލައިވްސްޓޮކް ފާމިންގ، އެގްރޯ ޕްރޮސެސިންގ އެންޑް ވެލިއު އެޑިޝަން، އެގްރޯފޮރެސްޓްރީ އަދި ޕްލާންޓް ނާސަރީތައް ޤާއިމުކުރުމެވެ.
  2. ޖަނަވާރުގެ ދުޅަހެޔޮކަން: ޖަނަވާރުގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ވެޓެރިނަރީ ސަރވިސް، ޕެޓް ފާމް، އަދި ޕެޓް ސަޕްލައި ކުރުން ފަދަ މަސައްކަތްތަކަށްވެސް މި ފެސިލިޓީގެ ދަށުން ފައިނޭންސިންގ ދޫކުރެވޭނެއެވެ.

މި ދެ ފައިނޭންސިންގ ގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ދަނޑުވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިކުރުމާއެކު، ޒަމާނީ ދަނޑުވެރިކަމަށް ޝައުޤުވެރިވާ ޒުވާނުން އިތުރުކުރުމެވެ.

ކޮމެންޓް
ފަހުގެ
HDC