
އިންޖިނިއަރސް އެވޯޑު 2026 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
# އިންޖިނިއަރސް އެވޯޑު# ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
"އިންޖިނިއަރސް އެވޯޑު"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ފަރާތުން ދޭ އެވޯޑެކެވެ.
މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް ހަމަޖެހިފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ
- އިންޖިނިއަރ އޮފް ދަ އިޔަރ
- ލައިފްޓައިމް އެޗިވްމަންޓް އެވޯޑް
- ޔަންގް އިންޖިނިއަރ އެވޯޑް
- ވިމެން އިން އިންޖިނިއަރިންގ އެވޯޑް
- އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑް
- ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
- އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑު
- ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
- ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
- ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑް
ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ 'އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލު' ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 20ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
އެވޯޑަށް ނަން ހުށަހެޅުމަށް އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އިޤުރާރު ލިންކް: މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.



