logoEN
WAMCO TOP 1
ރަށްތައް ވިއްކުމާ ގުޅޭ ގޮތުން ފަތުރަމުންދާ ޚަބަރުތައް އެމްޓީޑީސީން ދޮގުކޮށްފި

ރަށްތައް ވިއްކުމާ ގުޅޭ ގޮތުން ފަތުރަމުންދާ ޚަބަރުތައް އެމްޓީޑީސީން ދޮގުކޮށްފި

# މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެއްވެސް ރަށެއް އަގުހެޔޮކޮށް ވިއްކާލަން އުޅޭކަމަށް ފެތުރިފައިވާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ----

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެއްވެސް ރަށެއް އަގުހެޔޮކޮށް ވިއްކާލަން އުޅޭކަމަށް ފެތުރިފައިވާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

THE TRAVELLER AD

އެމްޓީޑީސީން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ހދ. ނާގޯށި، ގދ. މަގުއްދުވާ، އަދި ބ. ކިހަވައްހުރަވަޅީގެ ހެޑްލީޒްގެ އެއްވެސް ހައްގެއް ވިއްކުމަށް ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށެވެ. އަދި މިފަދަ ކަމަކާ ގުޅޭގޮތުން އެއްވެސް ފަރާތަކާއެކު މަޝްވަރާ ކުރަމުން ނުދާކަންވެސް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.

މީގެއިތުރުން، އެ ކުންފުނީގެ ހުރިހާ މުއާމަލާތްތަކެއްވެސް ކުރިއަށްދާނީ ގާނޫނުތަކާއި، ގަވާއިދުތަކުގެ އިތުރުން ލިސްޓިން ރޫލްސްތަކާ އެއްގޮތަށް ކަމަށާއި، ހާމަކުރަންޖެހޭ މައުލޫމާތުތައް ދެފުށް ފެންނަ ގޮތެއްގައި ހިއްސާކުރަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެމްޓީޑީސީން މިކަން ސާފުކޮށްދީފައި މިވަނީ، އެ ކުންފުނީގެ ދަށުގައި އޮންނަ މަގުއްދުވާގައި ހިންގާ އަޔާޑާ މޯލްޑިވްސް ރިސޯޓު ވިއްކާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މަގުއްދުވާ އަކީ 2007 ވަނަ އަހަރު އަހްމެޓް އައިދެނިޒް އަށް ސަބްލީޒްކޮށް، 2011 ވަނަ އަހަރުން ފެށިގެން ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ ރަށެކެވެ.

މީގެ އިތުރުން، ބ. ކިހަވައްހުރަވަޅި ވެސް އެމްޓީޑީސީން ވަނީ 2007 ވަނަ އަހަރު މައިނާ އިންޓަނޭޝަނަލްއަށް ސަބްލީޒްކޮށްފައެވެ. އެ ރަށުގައި އަނަންތާރާ ކިހާވަށް ވިލާސް ހުޅުވީ 2010 ވަނަ އަހަރުއެވެ.

ހަމައެއާއެކު، 2007 ވަނަ އަހަރުން ފެށިގެން ނާގޯށި ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް، އެކަން ލަސްވުމާ ގުޅިގެން ކުރީގެ އެއްބަސްވުން ބާތިލުކޮށް، 2021 ވަނަ އަހަރު އެ ރަށް ވަނީ ގްލޯބަލް ރިސޯޓްސްއަށް ސަބްލީޒްކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC